ރައީސް ޞޯލިޙް

ޤައުމުތަކާ ގުޅުން ބަދަހިކުރާނީ މިނިވަންކަމާއި އަމިއްލަވަންތަކަން ނުގެއްލޭގޮތަށް - ރައީސް

ޤައުމުތަކާއެކު ރާއްޖެއިން ގުޅުން އުފައްދައި ދަމަހައްޓާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް، ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވި ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތާ މިނިވަންކަން ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމާއި، ދިވެހިންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއެކު، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ބައިނަލްއަޤުވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި، ޢަދުލުވެރިކަމާއި ހަމަޔާއި އިންސާފަށް އަޑުއުފުލުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ރުކުން ކަމަށާއި، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި ރާއްޖޭގެ ހައިބަތު އުފުލައިދެނީ، މި ހަރުދަނާ ޑިޕްލޮމަސީން ކަމަށެވެ.

އާ ސަރުކާރަށް ހަމަސް ފުރިފައިވާއިރު، ބޭރުގެ ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ބާރު ދުވެލީގައި ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ