ވިއްސާރަ ދުވަހެއްގައި ރަށެއްގެ ބަނދަރުމަތި - ފެށުން ފޮޓޯ: ވިސާމް

މޫސުން އިތުރަށް ގޯސްވެ، އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 09:00 އިން މެންދުރުފަހު 02:00 އާ ހަމައަށް ބ.އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ނެރުނު ވައިޓް އެލާޓްގައި ވިދާޅުވީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ނަމަވެސް ދާދި ދެންމެ މެޓް އޮފީހުން ވިދާޅުވީ، އެ އޮފީހުން ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

މެންދުރުފަހު 02:00 އިން މިރޭ 08:00 އާ ހަމައަށް މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ގއ.އަތޮޅާ ހަމައަށެވެ. މި އެލާޓްގައި ވިދާޅުވެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ބޮޑު ދިޔައިގައި އުދަ އެރުމުގެ ފުރުޞަތުވެސް އޮތްކަމަށް މެޓު އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ