ޖަސްޓިސް ބިލްޑިންގ - ފޮޓޯ: ރާއްޖެ.އެމްވީ

ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުޙައްމަދުގެ ސުލޫކީ މައްސަލައެއް، އެ ކޯޓުގެ މުވައްޒަފަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް މިދިޔަ ހަފްތާގެ ތެރޭގައި ޖޭއެސްސީއަށް ހުށަހެޅިފައިވާއިރު، އެ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ މައްސަލައެއް ވެސް ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން އިސް ގާޒީ ހަސަން ވަނީ މިދިޔަ ހަފުތާގައި ސަސްޕެންޑްކޮށްފަ އެވެ. އިސް ގާޒީ ހަސަން ވަނީ އޭނާގެ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.

ފެމިލީ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލައެއް ޖޭއެސްސީއަށް ހުށައެޅިފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އަދި އެ މައްސަލައިގައި އުފެދިފައިވާ ކޯޅުންތައް ބޮޑުވެ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ބަސްފުޅު ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް އިސްލާހު ކުރުމަކީ އަދުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދު ފުއްދަވާނެކަން ސަރުކާރުން ދަނީ ތަކުރާރުކޮށް އެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވަމުނެނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް