ބޭރު ގައުމުތަކުން ބަސަރާގައި ހިނގާ ތެޔޮ ކުންފުނިތަކުގެ އޮފީސްތަކަށް ހަމަލާދީފި

ބޭރު ގައުމުތަކުން އިރާގުގެ ދެކުނުގައި އޮންނަ ބަސަރާގައި ހިނގާ ތެޔޮ ކުންފުނިތަކުގެ އޮފީސް ތަކަކަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތައް ދީފައިވަނީ މިއަދެވެ. ހަމަލާތަކާއި ގުޅިގެން އިރާގުގެ ތިންމީހަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ.

އިރާގުގެ ތެލާބެހޭ ވުޒާރާއި ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވަނީ، މިއަދު ދެވުނު ރޮކެޓް ހަމަލާއާއި ގުޅިގެން ތެޔޮ އުފެއްދުމަށް އެއްވެސް ވަރެއްގެ ހުއްޓުމެއް ނާންނަ ކަމަށެވެ. ކަމާބެހޭ ފަރާތްތަކުން މިހެން ބުނިނަމަވެސް މި ސަރަހައްދުގައި ތެލުގެ މަސައްކަތްކުރާ ބައެއް ކުންފުނިތަކުންވަނީ އެމީހުންގެ މުވައްޒަފުން އެސަރަހައްދުން ގެންގޮސްފައެވެ.

ހަމަލާދެވުނު ސަރަހައްދުގައި އެމެރިކާގެ އެކްޒޮންމޯބިލް، ހޮލެންޑުގެ ރޯޔަލް ޑަޗް ޝެލް އަދި އިޓަލީގެ އެންސީ ސްޕާ ކުންފުނީގެ ހެޑްކުއާޓަރު ހުރެއެވެ.

އިރާގުގައި މަސައްކަތްކުރާ ބޭރުގެ ފަރާތްތަކަށް އަމާޒުކޮށް ހަމަލާއެއް ދީފައި މިވަނީ، އެމެރިކާއިން އެގައުމުގެ ޑިޕުލަމެޓުން އިރާގުގެ ބަގުދާދުން ބާލައިފައިވާ ވަގުތެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް