މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި އެބޭފުޅުންވަނީ އެބޭފުޅުންނަށް ދިމާވާ ދަތިތައް ނައިބު ރައީސާއި ހިއްސާ ކުރައްވައިފައެވެ. މިގޮތުން އެބޭފުޅުންނަށް ދިމާވާ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މާލޭގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބްރާންޗް ހިންގުމަށް ބޭނުންވާ ބިމުގެ ދަތިކަމެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސްވަނީ މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ރާއްޖޭގައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، މޯލްޑިވްސް ރެޑް ކްރެސެންޓުން ފާހަގަކުރައްވާފައިވާ ކަންތައްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޙައްލުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް