ހޮވައިގެން ގެނެވިފައިވާ ފައިސާތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ބޮޑުތަކުރުފާނުމަގު ޕޮލިސް ޓޯޔަރޑް ކައިރިން ހޮވައިގެން ގެނެވިފައިވާ ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މި ފައިސާތަކަކީ 2019 ޖޫން 16 ވަނަ ދުވަހުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު ޕޮލިސް ޓޯޔަރޑް ކައިރިން މީހަކަށް ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް ކަމަށެވެ.

މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެއިދާރާއިން އެދިލައްވައެވެ.

ދޭތެރެ ދޭތެރެއިން އަގުބޮޑެތި ތަކެތި އާންމު ރައްޔިތުން ހޮވައި ފުލުހުންގެ އިދާރާއަށް ހަވާލުކޮށް އެތަކެތީގެ ވެރިފަރާތާއި ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް