ފަނޑިޔާރު ޢަބްދުﷲ ދީދީ - ފޮޓޯ: މިހާރު

ފަނޑިޔާރު ދީދީ ޖޭއެސްސީ އަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކުގެ ތަހުގީގަށް މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފިއެވެ.

މިގޮތުން ފަނޑިޔާރު ދީދީ އަށް ޖޭއެސްސީ އަށް ހާޒިރުވުމަށް އަންގައިފައިވަނީ މާދަމާ 10:00 އަށެވެ.

މާދަމާ 10:00 ގައި ބާއްވާ ޖޭއެސްސީގެ މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައެވެ. މިގޮތަށް ޖޭއެސްސީގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ނިންމައިފައިވަނީ ފަނޑިޔާރު ދީދީ މިގޮތަށް އެދިވަޑައި ގަތުމާއި ގުޅިގެންނެވެ.

ޖޭއެސްސީ އަށް ފަނޑިޔާރު ދީދީ މިދިޔަ ހޯމަ ދުވަހު ހާޒިރުވުމުން އެމަނިކުފާނުވަނީ، ތުހުމަތުކުރާ މައްސަލަ ތަކުގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައި ގެންފައެވެ.

ފަނޑިޔާރު ދީދީ އަށް ތުހުމަތުކޮށް ކުރިން ހުށަހަޅާފައިވާ ސުލޫކީ ދެ މައްސަލައިގެ އިތުރުން އާ ތިން މައްސަލައެއް މިހާރު ޖޭއެސްސީ އިން ބަލަމުން ގެންދެއެވެ. އަދި އިތުރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ބަލަމުން ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް