ތ. ހިރިލަންދޫގައި ފެންބޮޑުވެއްޖެ

ތ. އަތޮޅަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެއަތޮޅު ހިރިލަންދޫގައި މިއަދު ފެންބޮޑުވެއްޖެއެވެ.

ހިރިލަންދޫގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުންވަނީ ރަށު ރައްޔިތުންނާއި ގުޅިގެން ފެން ހިނދުމުގެ މަސައްކަތް ކޮށްފައެވެ.

ފެން ބޮޑުވުމުގެ ސަބަބުން ފެން ހިނދުމުގެ މަސައްކަތް ކުރަމުންދަނީ

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ދުވަސްވަރެކެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބައެއްގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓްގެ ވަގުތުވެސް އިތުރުކޮށްފައެވެ.

މެންދުރުފަހު 02:00 އިން މިރޭ 08:00 އާ ހަމައަށް މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ގއ.އަތޮޅާ ހަމައަށެވެ. މި އެލާޓްގައި ވިދާޅުވެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މޫސުން އިތުރަށް ގޯސްވެ ފެންބޮޑުވެގެން ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި ވެލި ބަސްތާ ޖެހުންފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އެދިލައްވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް