ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް | ފޮޓޯ : މަޖިލިސް

އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމުމުން ރައީސް ޔާމީންގެ މައްސަލަ ނިމިއްޖެ: ސަލީމް

އެމްއެމް ޕީއާރްސީގެ ފައިސާ ބަހަން ބޭނުންކުރި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާން ދައުލަތުން ނިންމުމުން ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ބާޠިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ދައުލަތުގެ ވަކީލުންނަށް މަނީ ލޯންޑަރ ކުރި މީހުންނަށް ދައުލަތުން ދައުވާކުރަންވެސް ބޭނުންނުވާ ކަމަށާއި އެހިސާބުން ހުރިހާ މައްސަލައެއް ބާޠިލްވީކަމަށެވެ.

"އެސްއޯއެފްގެ މައްސަލަ ނުބަލައެއް އެހެން މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ. ކިހިނެއްތޯ ގެންދާނީ؟ މައްސަލައިގެ އަސްލު ގެއްލުނީމަ ދެން ކޯޗެއްތޯ ކުރިއަށް ގެންދާނީ؟ މަކަރާ ހީލަތް އޭގެ ތެރެއަށް ވަދެއްޖިއްޔާ އިސްލާމީ ޝަރީއަތުގައި އެ ހުރިހާ ކަމެއް ބާޠިލްވީ" ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އެއޮތީ ސުޕްރީމް ކޯޓުގައި ނިމިފައި ކަމަށާއި ދެން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކޭސްގައި އެއްވެސް މީހަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގ މައްސަލަ ކުރިއަކަށް ނުދެވޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާރުވެސް އެސްއޯއެފްއިން ފައިސާ ޖަމާވި ތިންސަތޭކަ އެއްހާ މީހުންގެ ތެރެއިން  ވިއްސަކަށް މީހުން މުއާމަލާތް ރަނގަޅު ކަމަށް ފަތްކޮޅު ދީފައި އެބަތިބި ކަމަށް ސަލީމް ވިދާޅުވިއެވެ. "އެސްއޯއެފަށް ޖަމާވި ވަގުލާރިން 20 މީހުން ސަލާމަތްވެއްޖެ. ރަނގަޅު މުއާމަލާތޯ؟ ދެން ކާކު ސަލާމަތްނުވަނީ އޭގެއިން؟ ބަލަ އެންމެންވެސް ތިބީ ސަލާމަތްވެފައި. މައްސަލަ އެއޮތީ ބާތިލްވެފައި. އެއްބަޔަކު ކުށްވެރިވެފައި އަނެއް ބަޔަކު ސަލާމަތްވަނީ.މީ އަޖައިބެއް ކަހަލަ ކަމެއްނު؟" ސަލީމް ސުވާލު ކުރެއްވިއެވެ.

ސަލީމް ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ މިމައްސަލައެއް އުފެދުމުގެ ކުރިން މިމީހުން ދަންނަ ތަނެއްވެސް ނޫންކަމަށާއި އެސްއޯއެފުން ފައިސާ ޖަމާވި ލިސްޓުގައި ހިމެނޭ ކަމަށްބުނެ އޭނާ ވެސް އޭސީސީއަށް ހާޒިރު ކުރި ކަމަށެވެ. "އަޅުގަނޑާ ވަރަށް ސުވާލުކުރި. އަދީބަކީ ވަގެއްކަން ނޭނގޭ ހެއްޔޭ؟ އެމްޕީއެލްއިން ޑޮލަރު ގަންނަން ލާރި ނެގި ހިސާބުން އައި ރިޕޯޓެއް ނެރުނޭ ޓީވީ ރޭޑިއޯތަކުންވެސް ގޮވިއޭ އަޑެއް ނާހަންހޭ؟  ސުވާލު ކުރުމުން އަޅުގަނޑު ދެންނެވިން އަނދުން ހުސެއިން  ނީވުނު އެއްޗެއް ވަކި އަޅުގަނޑަށް އިވޭނެހޭ. އަނދުން ހުސެއިންއަށް އެބައޮތޭ ރަނގަޅު ކަމަށް ސިޓީ ލިބިފައި." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެމްއެޕީއާރްސީގެ 35 މިލިއަނެއްގެ ވާހަކަވެސް އެބަދެކެވޭ ކަމަށާއި އޭގެ 3 ހަތަރު ކަޅު ދަބަސް ގެންދިޔަ ކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އެދަބަސް ހިފައިގެން ދިޔަތަން ދުށްމީހުން އެބަތިބި ކަމަށާއި މިތިބީ މައްސަލަ ސާބިތުކޮށްދޭން ކަމަށެވެ.

ސަލީމް އިޝާރާތްކުރެއްވީ އެމްއެމްޕީއާރްސީގެ ފައިސާއިން ރައިސް ސާލިހު 35 މިލިއަން ރުފިޔާ އަދީބު އަތުން ގެންދެވި ވާހަކަ ތަކަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ