އެމްއެޗް17 ވައްޓާލި މައްސަލައިގައި 4 މީހަކަށް ދައުވާކުރަނީ

މެލޭޝިޔާގެ އެމްއެޗް17 ރަޝިޔާ އާއި ޔުކްރޭނުގެ ބޯޑަރު ސަރަހައްދުން އުދުޖެމުން ދަނިކޮށް މިސައިލް ހަމަލާއެއްދީ ވައްޓާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.

މި ހަތަރުމީހުންގެ ތެރޭގައި ހިމެނެނީ، ރަޝިޔާގެ ތިން މީހުންނާއި އަދި ޔޫކްރޭނުގެ މީހެކެވެ. މި ހަތަރު މީހުން ހޯދުމަށް މިހާރުވަނީ ކޯޓު އަމުރު ނެރެފައެވެ. ހަތަރުމީހުންގެ މައްޗަށް ދައުވާކުރަނީ، މިސައިލް އެސަރަހައްދައް ގެންދިއަކަމުގެ ކުށުގައާއި އަދި 298 ފަސެންޖަރުންނާއި ބޯޓުގެ ކުރޫ އިން މަރާލި ކަމުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ 9 މާޗު 2020 ވަނަ ދުވަހު ނެދަލެންޓުގައެވެ.

އެމްއެޗް17 އަށް މިސައިލް ހަމަލާއެއްދީ ވައްޓާލައިފައިވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެމްއެޗް17 އާ އެއާ ޓްރެފިކް ކޮންޓްރޯލްއާ ގުޅުން ކެނޑިފައި ވަނީ ރަޝިޔާ އާއި ޔުކްރޭނުގެ ބޯޑަރާ 50 ކިލޯ މީޓަރު ދުރުންނެވެ.

އެމްސްޓެޑަމުން ކުއާލަ ލަމްޕޫރަށް ދަތުރުކުރި ބޯޓަށް ވައިގެ ތެރޭގައި ދިން މިސައިލް ހަމަލާގައި ބޯޓު ގޮވައި އެ ބޯޓުން ދަތުރުކުރި 298 މީހުން ވަނީ މަރުވެފަ އެވެ. ބޯޓުން ދަތުރު ކުރި މީހުންގެ ތެރޭގައި ހޮލެންޑުގެ 193 މީހުން، މެލޭޝިއާގެ 43 މީހުން އަދި އޮސްޓްރޭލިއާގެ 27 މީހުން ހިމެނެ އެވެ. ބޯޓުން ދަތުރު ކުރި އެހެން މީހުންގެ ތެރޭގައި އިންޑޮނީޝިއާ، އިނގިރޭސި ވިލާތް، ބެލްޖިއަމް، ޖަރުމަން އަދި ފިލިޕީންސް މީހުން ވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް