ވެލާނާ އެއާޕޯޓު އާ ނެރުގެ މަސައްކަތެއް ކުރާތީ ސަމާލުވާން އެދެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އަލަށް ހަދާފައިވާ ނެރުގެ މަސައްކަތެއް ކުރަން ހަމަޖެހިފައިވާތީ، އެއާޕޯޓަށް އަންނަ ކަނޑު އުޅަނދުތަކުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެދެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނައިރު އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އަލަށް ހަދާފައިވާ ނެރުގެ މަސައްކަތެއް ކުރިއަށް ގެންދާނެކަމަށެވެ. އަދި އުޅަނދުތައް ހުޅުލޭ ފަޅުތެރެއަށް ވަންނައިރު ސަމާލުވުމަށްވެސް އެމްއޭސީއެލްއިން އެދިލައްވައެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މިމަސައްކަތް ކުރިއަށް ގެންދާން ހަމަޖެހިފައިވާއިރު، އެމަސައްކަތް ކުރާނީ ނެރު އެއްކޮށް ބަންދު ނުކޮށް ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް