ރަސޫލާގެ ކާޓުން ކުރެހި މީހާގެ ގައިގައި އަލިފާން ރޯވެގެން މަރުވެއްޖެ

ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ ކާޓޫން ކުރުހާ، ކީރިތި ރަސޫލާއަށް ފުރައްސާރކުރި ސްވީޑަންގެ ކާޓޫނިސްޓް ލާޒް ވިލްކްސް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

2007 ވަނަ އަހަރު ރަސޫލާގެ ކާޓޫން ކުރެހި މި މީހާ ވަނީ ރަސޫލާގެ މޫނުފުޅު ކަމަށްބުނެ، ކުއްތާއެއްގެ ހަށިގަނޑުގައި މޫނެއް ކުރަހައިގެން ކިރީތި ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫޖަހައިފައެވެ. އޭގެ ފަހުން އޭނާއަށް އެކި ފަރާތްތަކުން މަރުގެ އިންޒާރު ދެމުން އައިއިރު، އޭނާ ދިރިއުޅެމުން އައީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުންނެވެ.

ސްވިޑަންގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ މަރުވީވެސް ފުލުހުންގެ ކާރެއްގައި ދުއްވަމުންދަނިކޮށް، އެ ވެހިކަލް އެހެން ޓްރަކެއްގައި ޖެހިގެންނެވެ. އަދި މި އެކްސިޑެންޓުގައި ރަސޫލާގެ ކާޓުން ކުރެހި ލާޒް ވިލްކްސް އިތުރުން އިތުރު ދެ ފުލުސް އޮފިސަރުންވެސް ވަނީ މަރުވެފައެވެ.

މި އެކްސިޑެންޓް ހިނގީ ސްވިޑަންގެ ކުޑަ ޓައުންއެއް ކަމުގައިވާ މާރކަރީޑް އާއި ކައިރިންނެވެ. ފުލުހުންނާއެކު ވިލްކްސް ދަތުރުކުރި މި ކާރު ދުއްވަމުންދިޔަ އެހެން ޓްރަކެއްގައި ޖެހި ވަނީ އެކްސިޑެންޓްވެފައެވެ. އަދި މި އެކްސިޑެންޓުގައި ދެ އުޅަނދުގައިވެސް ވަނީ އަލިފާން ރޯވެފައެވެ.

މި އެކްސިޑެންޓުގައި ވިލްކްސްގެ އިތުރުން ދެ ފުލުސް އޮފިސަރުން މަރުވިއިރު، ޓްރަކް ދުއްވަން ހުރި ޑްރައިވަރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ސްވިޑަން ފުލުހުންގެ ތަރުޖަމާނެއް ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ އިންވެސްޓިގޭޓް ކުރަމުންދަނީ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގެ ގޮތުގައެވެ. އަދި މި ހާދިސާގައި ދެ ފުލުސް އޮފިސަރެއް މަރުވެފައިވާތީވެ، ޕްރޮސިކިއުޓަރ އޮފީހުގެ ހާއްސަ ސެކްޝަނަކުން މި ހާދިސާ އިންވެސްޓިގޭޓް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް ސްވިޑަންގެ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މި އެކްސިޑެންޓްގައި މަރުވީ ރަސޫލާގެ ސޫރަ ކުރެހި ލާޒް ވިލްކްސް ކަމެއް ފުލުހުން ޔަޤީންކޮށްދީފައެއް ނުވެއެވެ. ފުލުހުން ބުނީ، އެމީހުންގެ ރައްކާތެރިކަމުގައި ހުރި މީހަކާއި އަދި ދެ ފުލުހަކު ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ ކަމަށެވެ.

ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ ކާޓުން ކުރެހި މައްސަލައިގައި ގިނަ ބަޔަކު ވަނީ އޭނާއަށް މަރުގެ އިންޒާރު ދީފައެވެ. އެގޮތުން އަލްޤައިދާ ޖަމާއަތުން ވަނީ ވިލްކްސް މަރަން އެއްލައްކަ އެމެރިކާ ޑޮލަރު ހުށަހަޅައިފައެވެ. އަދި 2015 ވަނަ އަހަރު ދިން ބަޑީގެ ހަމަލާއަކުން ވިލްކްސް ވަނީ ސަލާމަތްވެފައެވެ.

މިލިޔުން ކިޔާލުމުން
930224
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    އަލްހަމްދު ލިއްލާހި

  2. މީހެއް

    އަލްހަމްދު ލިލްލާާހ

  3. ހާމާނު

    އަލްހަމްދުލިއްލާހި

    38
    3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ