ރާއްޖެ ޓީވީ ބަންދުކޮށްދިނުމަށް ރައީސް ޔާމީން އެންގެވި ކަމުގެ އަޑުތަކެއް!

މިދިޔަ އަހަރު ފެބްރުއަރީ މަހު އިއްވި ކުއްލި ނުރައްކަލުގެ ހާލަތާއެކު, ރާއްޖެ ޓީވީ ހަފްތާ އަކަށް ބަންދުކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެންނެވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު އިސްމާއިލް ސޮފްވާން އޭނާގެ ގާތު ވިދާޅުވެފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ބްރޯޑްކޮމްގެ މެމްބަރުން މިއަދު ހާޟިރުކޮށް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެއް ދުވަހެއްގެ ހެނދުނު 10 ޖަހާކަށް ހާއިރު އޮފީހުގައި އިންދާ ސޮފްވާންގެ ފޯނު ކޯލެއް ލިބުނު ކަމަށެވެ.

އަދި ރައީސް އޮފީހުން ގުޅި ވާހަކަ އާއި އޭނާއާ ސޮފްވާންއާ ބައްދަލުކޮށްލަން ޔާމީން ބޭނުންވި ވާހަކަ ބުނި ކަމަށްވެސް ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ރާއްޖެ ޓީވީ ބަންދުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން، ޑިފެންސް މިނިސްޓްރީ އަށް ރަސްމީ ސިޓީއެއް ފޮނުވާފައިވާއިރު އެސިޓީގައި ސޮއިކުރައްވާފައި އޮތީ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި ސޮފްވާނެވެ.

"އެދުވަހުގެ 12 ޖަހާކަށް ހާއިރު ގުޅާލާފައި (ސޮފްވާން) ދެންނެވީ، ތިމަންނަ މިހުރީ ރައީސް އޮފީސް ތެރޭ ތާށިވެފައޭ. ވަރަށް މުހިއްމު މެސެޖެއް އެބައޮތޭ، ރައީސް ދެއްވި މެސެޖެއް. އެހެންވީމަ ޖައްސާލަ ދީބަލާށޭ ރައީސް އޮފީސް ކައިރިއަށް. އަޅުގަނޑު ދެންނެވިން ނުދާނަމޭ ރައީސް އޮފީސް ކައިރިއަށް ތި މެސެޖު ބަލާ. ދެން އަޅުގަނޑު ގޮސް ސިޓީ ގާޑެން ކައިރިއަށް މަޑުކޮށްލީމަ ސޮފްވާން ވަޑައިގެން ވިދާޅުވީ ރައީސް ވިދާޅުވިއޭ ރާއްޖެ ޓީވީ ބަންދުކޮށްދޭށޭ ހަފްތާ އަކަށް" ޝަހީބު ވިދާޅުވިއެވެ.

އަދި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާކަމަށްވެސް ޝަހީބުވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

 1. Kulhi nurakka

  Kulli nurakkaluge haalathuga konmehen Broadcom ge sitee eh fonuvan jeheytha? Hama defence ministry ah raees engeveema kankan hingaane noon tho? Haadhahaavaa gut huri meehun mihaaru eba ulhey dho. Anehkkaa magaamuge dhifaauga dhakkavaa vaahaka eh noon tho mee ?

 2. beybe

  RaajjeTVakee qaumu fasaadhakuri channel noosverikan kurumakee qaumathah fasaadhakurumennoon e ee zimmaadhaarukamaaeku kuranjehey masakkatheh mufassidhun biruvethi vaan jehenee jabbaaruvantha ilaahah eemaanvaavee aakhuray dhuvahah

 3. Nihaan

  Yaamin jalah laany Kon irakun ba dho, haada dekeyhiy waa duwahekey ei

  2
  1
  • Happy

   Kaley hadhaha raees yameen jalah laahithun thi ulhenee insha allah thi kameh nuvaane insha allah heybali viyas thee dhen bod varu mihar ingey thiyaee hama heybala heyyoai

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް