ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

ދިވެހިންނަށް ވީޒާއާ ނުލައި އިންޑިއާއަށް ދެވޭގޮތަށް ހަމަޖައްސައިފި

ދިވެހިންނަށް ވީޒާއާ ނުލާ އިންޑިއާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާއަށް ބޭސްފަރުވާއަށާއި، ވިޔަފާރީގެ ބޭނުންތަކާއި އަދި ފަތުރުވެރިކަމަށް ދާ ދިވެހިންނަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވިޒާއާ ނުލާ ދަތުރުކުރެވޭނެކަމަށެވެ.

މިއީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ކޯވިޑް-19އާ ގުޅިގެން އިންޑިއަށް ދަތުރުކުރުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްފަހު، "ވިސާ ފްރީ ޓްރެވަލް" ނުވަތަ ވިސާއާ ނުލާ އެ ޤައުމަށް ދަތުރުކުރުމުގެ ފުރުޞަތު ޤައުމަކަށްދިން ފުރަތަމަ ފަހަރުކަންވެސް އިންޑިއާ ހައިކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

އިންޑިއާ ހައިކޮމިޝަނުން މި ނިންމުން ނިންމައިފައި މިވަނީ، އިންޑިއާ އަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖެއާއި އިންޑީއާއާ ދެމެދުގެ ބައިލެޓްރަލް ވިސާ ފްރީ އެގްރީމަންޓަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ