ފޭރުފަތް – އިސްތަށިގަނޑަށް އޮތް ރަނގަޅު ފަރުވާއެއް

އާއްމުކޮށް ފޭރު ގަހުގެ ވާހަކަ ދައްކައިފިނަމަ ކޮންމެ މީހަކަށްވެސް ވިސްނާލެވޭނީ އެ ގަހުގައި އަޅާ މޭވާ، ފޭރު ގެ މަތިންނެވެ. ފޭރަކީ މޭވާއަކަށް ވުމުން ކޮންމެ މީހަކަށްވެސް ފޭރަކީ ހަށިގަނޑަށް ފައިދާކުރުވަނިވި މޭވާއެއްކަންވެސް އިނގޭނެއެވެ. ނަމަވެސް ފޭރުފަތަކީ އިސްތަށިގަނޑަ ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީވެދޭ ފަތެއްކަން އިނގެނީ ކިތައް މީހުންނަށް ހެއްޔެވެ.

ބޮލުން އިސްތަށި ފޭބުމަކީ، މިއަދު އަހަރެމެންގެ ތެރޭގައި ޒުވާން އަދި މެދު ފުރައިގެ އުމުރުގެ މީހުންނަށް ކުރިމަތިވެ ހައްލެއް ހޯދުމަށް ދަތިވެފައިވާ މައްސަލައެކެވެ. ފޭރު ފަތަކީ އިސްތަށިގަނޑު ވަރުގަދަ ކޮށްދީ އިސްތަށި ފޭބުން ދުރުކޮށްދިނުމަށް އެހީވެދޭނެ ފަތެކެވެ.

ފޭރުފަތަކީ ވިޓަމިން ބީ އަދި ވިޓަމިން ސީ ގެ މާއްދާތަކުން މުއްސަނދިވެފައިވާ ފަތެކެވެ. ވިޓަމިން ބީ އަދި ވިޓަމިން ސީ އަކީ އިސްތަށިތަކުގެ ބުޑުތައް ވަރުގަދަކޮށްދީ އިސްތަށިގަނޑު ދިގު ވުމަށް އެހީވެދޭ މާއްދާއެކެވެ. އަދި ފޭރު ފަތުގައި ހިމެނޭ "އެނެލްސެޖިކް"، "އެންޓި އިންފްލެމެޓްރީ" އަދި "އެންޓި މައިކްރޯބިއަލް" ގެ މާއްދާތަކުން، ބޮލުގެ ހަންގަނޑު ޓިޝޫތައް ހަލާކުވުމުން ދުރުކޮށްދީ, ހަންފޮޅުމުން ދުރުކޮށްދެއެވެ.

ފޭރުފަތް ހޫނުފެނުގައި 10 ވަރަކަށް މިނެޓް ކެއްކުމަށްފަހު ފެންގަނޑު ކުޑަކޮށް ހިހޫވުމުން ފެންގަނޑު ފުރާނާލުމަށްފަހު އިސްތަށިގަނޑަށް އެ އަޅައި ރަނގަޅަށް ބޮލުގެ ހަންގަނޑު މަސާޖްކޮށްލާށެވެ. މިގޮތަށް ކަންތައް ކުރުމުން އިސްތަށިގަނޑަށް އޮމާންކަން ގެނުވާ އިސްތަށިގަނޑު މަޑުކޮށްލައެވެ.

އެހެންކަމުން ފޭރުފަތުން އިސްތަށިގަނޑަށް އަންނަ ބަދަލު ތަޖުރިބާކޮށް ނަތީޖާ ފެންނަންދެން ފޭރު ފަތުގެ އަޖުމަ ބަލާލުން ރަނގަޅު ނޫންތޯއެވެ!

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް