މާލޭގެ 16 މަގެއްގައި ތާރުއަޅަން އާރްޑީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފޮޓޯ: އާރުޑީސީ

މާލޭގެ 16 މަގެއްގައި ތާރު އަޅާ ޒަމާނީ ކޮށްލަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މާލޭގެ 16 މަގެއްގައި ތާރު އަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން، ރޯޑް ޑެވެލްޕްމެންޓް ކޯޕަރޭޝަން(އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން އާރްޑީސީއާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އާރުޑީސީ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އެވެ.

މި އެއްބަސްވުމަކީ މާލޭ ސިޓީގެ ކުރީގެ ކައުންސިލުން އާރް.ޑީ.ސީއާއެކު ޢަމަލީ މަސައްކަތް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަޝްރޫޢުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެކެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރ މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. އަދި އޭގެ އިތުރުން ޓްރެފިކް ބޮޑު މާލޭގެ 16 މަގެއްގައި ތާރުއަޅަން ނިންމައިފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެންނިގެންދާނީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުންކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އެގޮތުން އެ ސަރަޙައްދުގެ ތޮށިގަނޑު ފެއަށްޖައްސާ، މަގުފުޅާކޮށް، އެ ސަރަޙައްދުގެ ތޮއްޖެހުން ހައްލުކޮށް ހިތްފަސޭހަކަން އިތުރުވެގެންދާނެކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާރުގައި އާރްޑީސީގެ އެމްޑީ މޫކޭ ވިދާޅުވީ، ކުރީގެ މަޝްރޫއުތަކުގައި ދިމާވާ ގޮންޖެހުންތަކަށް ބަލާއިރުގައި، ހަގީގަތުގައި އާރުޑީސީގެ މަސައްކަތުގެ ސްޕީޑް ރަނގަޅުކަމަށެވެ. އަދި އަމާޒަކީ ހައްލު ހޯދާ، ހަވާލުވި މަސައްކަތް ކޮލިޓީ ކޮމްޕްރޮމައިޒް ނުކޮށް ނިންމާފައި ކައުންސިލާއި ހަވާލުކުރުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް
5 ދުވަސްކުރިން
7
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
1 ދުވަސްކުރިން