ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނޯތު ކޮރެއާގެ މަންޒަރު ރާއްޖެއިން ފެންނާކަށް ނޭދެން: ނަޝީދު

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ނޯތު ކޮރެއާއިން ފެންނަ މަންޒަރު ރާއްޖެއިން ފެންނަން ނޭދޭކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއިން ލިބިވަޑައިގެން އަނިޔާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ދިރިއުޅުވުމަށްފަހު، އިއްޔެ ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން މާލޭގެ ހޮޓެލް ޖެންއާ ހިސާބަށް ދިން ހައި ސެކުރިޓީއާއި ގުޅިގެން އާއްމުން ދެއްކި ވާހަކައާއި ގުޅިގެންނެވެ. އިއްޔެ އެމަނިކުފާނު ދަތުރުކުރެއްވި ކާރުކޮޅު ކައިރީ ސިފައިން ވަށާލައިގެން ތިބެ، ކާރުކޮޅާ އެއްވަރަށް ސިފައިން ދުވެފައިވެއެވެ.

މި މަންޒަރާއެކު ގިނަ ބަޔަކު ވަނީ، މިއީ އެންމެ ހައި ސެކުރިޓީއެއް އޮންނަ ނޯތު ކޮރެއާގައި، އެ ގައުމުގެ ރައީސް ކިމް ޖޮމް އުން އަށް ދޭ ވަރުގެ ސެކުއިރީޓީއެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.

މިކަމާއި ގުޅުވާ، މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރާއްޖެއަށް ނޯތު ކޮރެއާގެ ރައީސް އިއްޔެ ވަޑައިގަތީ ކަަމަށް ސިފަވަމުން އާންމުން ކަންބޮޑުވާކަމަށެވެ. އަދި އެކަމާ އާއްމުން ޖޯކު ޖެހިޔަސް މިއީ ޖޯކެއް ނޫންކަމަށާއި، އެކަމުން އެނގިގެން ދަނީ ގައުމުގެ ހާލަތު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން،ހަމަލާ ދިނީ ތްރެޓް ލެވެލް އެންމެ މަތިކޮށްފައި އޮއްވައި ކަަމަށް ފަހުން ހިންގި ރިޕޯޓްތަކުން އެނގޭ ކަމަށާއި އޭރު އެހާ ހައި ސެކިއުރިޓީ ނުދިނީ ކީއްވެތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ.

މި ސުވާލާއި ގުޅިގެން ނަޝީދު ވިދާޅުވީ، ނޯތު ކޮރެއާއިން ފެންނަ މަންޒަރު ޝިޔާމްގެ ހިތަށް ތަސައްވަރު ކުރެވުމަކީ އެމަނިކުފާނު ވެސް ހިތާމަ ކުރައްވާ ކަމެއް ކަަމަށެވެ. އެމަނިކުފާނުގެ ސެކިއުރިޓީއާަ ގުޅޭ ކަންކަމުގެ އިންތިޒާމްތައް ހަމަޖައްސަނީ އެމަނިކުފާނާއި މަޖިލީހަކުން ނޫން ކަަމަށާއި، އެކަން ހަމަޖައްސަނީ ތްރެޓް ލެވަލް ބެލުމަށް ފަހު އެމްއެންޑީއެފުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އެދެނީ އަޅުގަނޑުމެން އެންމެނަށް މިިނިވަންކަމާއި އެކީގައި އުފާ އުފަލުގައި އުފާ ކުރަމުން ދެވޭނެ ދުވަހަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

ހިޔާލު

  1. ޢަވާމެނދުރު

    ލީއެތްވެސް ހިޔާލެއްފެންނާކަންނެތް.ކީވެބަ

  2. ހާމާނު

    ދެން ކަލޭ ކީއްކުރަން ތިޝޯކުޅެން ރާއްޖެ އައީ؟؟ މުނާފިގު!!!

  3. ޢަވާމެނދުރު

    ޢެހެންވިޔާއިންސާފުވެރިކަންގާއިމުކުރަންވީނު ވަކިމީހަކަންވަކިގޮތެންނަހަދަ އެއިރުން ތިބާއަން ސަނާކިޔާތައުރީފުކުރާނެ އިހުތިރާމުކޮންކިޔަމަންވާން.ގާތްވާނެ

ގުޅުންހުރި ލިޔުންތައް
6 ދުވަސްކުރިން
7
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
1 ދުވަސްކުރިން