ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އޭނަގެ ފޮޓޯ އާއްމުކޮށްފިއެވެ.

މި މައްސަލައިގައި ހޯދަން އިއުލާންކޮށްފައި ވަނީ ނ. ހޮޅުދޫ، މިންވަރު، ޢަބްދުﷲ ރަޖީޙު އެވެ.

ފުލުހުން ވިދާޅުވީ، މި މީހާ ހޯދަމުން ދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރެވިފައި ނުވާތީ ކަމަށެވެ.

އޭނާ ހޯދަން ފުލުހުން އާންމުކޮށްފައި މި ވަނީ އޭނާގެ އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުންނެވެ.

ތަހުޤީގަށް އޭނާ ހާޒިރުވާން ޖެހޭނީ މި މަހުގެ 20 ވަނަ ދުވަހުގެ 13:00 އަށް، ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ