ފްލީޓަށް އިތުރުކުރި "ޖިއޯވޭވް" ބޯޓު ބާލައިގެން ދުއްވާފައި ދަނީ - ފޮޓޯ: ޖިއޯވޭވް

ޖިއޯވޭވްގެ ފްލީޓަށް ބޮޑު އުޅަނދެއް، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ޖިއޯވޭވް ޕްރައިވެޓް ލިމިޓެޑްގެ ފްލީޓަށް ބޮޑު ބޯޓެއް އިތުރުކޮށްފިއެވެ.

އެ ކުންފުނީގެ ފްލީޓަށް އަލަށް އިތުރުކޮށްފައިވަނީ "ޖިއޯވޭވް" ގެ ނަމުން ނަން ދީފައިވާ މުޅިން އައު ބޯޓެކެވެ. މިއީ 250،000ލ ތެޔޮ އުފުލޭ ބޯޓެކެވެ. މި ބޯޓަކީ 2020 ވަނަ އަހަރު ކ.ހިންމަފުށީގައި ބަނދެ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަލަށް ބާލާފައިވާ ބޯޓެކެވެ.

ޖިއޯވޭވްގެ މެނޭޖިންގ ޑިރެކްޓަރ ފާރިސް އަޙްމަދު ވިދާޅުވީ، މި ބޯޓަކީ އެ ކުންފުނިން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅު ކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށާއި، މި އުޅަނދާއެކު ވިޔަފާރި އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

ޖިއޯވޭވްގެ އައު ބޯޓު ދުއްވާފައިދަނީ - ފޮޓޯ: ޖިއޯވޭވް

 

"މި ބޯޓާއެކު ފެނަކަ އިންޖީނުގެތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ސަޕްލައި ކުރުމުގައި އިތުރު ކުރިއެރުންތަކެއް ހޯދޭނެ. އިރާދަކުރެއްވިއްޔާ މި ބޯޓާއެކު ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެގެންދާނެ." ފާރިސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އިޤްތިޞާދީ އަނދަވަޅުގެ ތެރޭގައި މިވަރުގެ އުޅަނދެއް ނިންމައި، އޮޕަރޭޝަނަށް ނެރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަން ފާރިސް ފާހަގަކުރެއްވިއެވެ. އެގޮތުން މެރިން އިކުއިޕްމެންޓާއި ސޮލަރެލް އިންސިއުރެންސްގެ އިތުރުން އިންޓެގްރާ ހޯލްޑިންގްސް އިން ވެދެއްވި އެހީތެރިކަން ވަކިން ހާއްސަކޮށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުވެސް ޖިއޯވޭވް އިން ނ އަދި ރ އަތޮޅުގެ ފެނަކަ ކޯޕަރޭޝަނުގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދެމުންދިނުމުގެ އިތުރުން ގދ.ވާދޫ ގައި ފިއުލް ޝެޑެއް ހިންގައި، މާލޭ ޖެޓީން ލޯންޗުތަކަށް ބައުޒަރަކުން ޕެޓްރޯލް ވިއްކަމުން ދެއެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ސައިޓްތަކަށް އެ ކުންފުނިން ތެޔޮ ފޯރުކޮށްދެއެވެެ.

އަލަށް ބޭނުންކުރަންފަށާ ބޯޓާއެކު ޖިއޯވޭވްގެ ތެޔޮ އުފުލުމުގެ ކެޕޭސިޓީ ވަނީ 500000 ލީޓަރަށް އަރާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
1 ދުވަސްކުރިން