އޭއެފްސީ ޗެލެންޖް ކަޕް 2014ގައި ރާއްޖޭގެ ސިޔާސީ ވާދަވެރިން އެކުގައި، ރައީސް މައުމޫން އަދި ރައީސް ނަޝީދު ސެލްފީއެއް ނަންގަވަނީ -- ފޮޓޯ: ސަން

މިރޭ ދިވެހި ޓީމު ފައިނަލަށް ދާނެ: ނަޝީދު

މިހާރު ކުރިއަށްދާ ސާފްޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުން، އިންޑިއާ ބަލިކޮށް ރާއްޖެ ފައިނަލަށް ދާނެކަމަށް  ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ، މިރެއަކީ އިރާދަކުރެއްވިއްޔާ ދިވެހި ޓީމު ފައިނަލަށް ދާ ރޭކަމަށެވެ. އަދި މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާވެސް ތިއްބެވީ އުންމީދުގައި ރާއްޖެ މޮޅުވާނެ ކަމުގެ އުއްމީދުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"..އަޅުގަނޑު މާހިރުންނާއި މަޝްވަރާކޮށްފިން. އަމީން އާންމާއި ކައުންސިލަރ ޖެނެރަލްއާ ދެބޭފުޅުންވެސް އެހެން އެބަވިދާޅުވޭ. ކައުންސިލަރ ޖެނެރަލްގެ ޒަވާޖީ ހަޔާތް ވަރަށް ބޮޑަށް ގުޅިފައި އޮންނަނީ ބޯޅަ އާ. ވިދާޅުވި އެއްވަރު ވިޔަސް އަޅުގަނޑުމެން ފައިނަލަށް ދާނެއޭ. އެހެންވީމަ އެއްވެސް ޝައްކެއް ވެސް ނެތް މިރެއަކީ އަޅުގަނޑުމެން މޮޅުވެގެން ފައިނަލަށް ދާ ރޭ." ނަޝީދު ވިދާޅުވިއެވެ.

މިރޭ ރާއްޖެއާއި އިންޑިއާ ކުޅޭ މެޗަކީ ފައިނަލަށް ދިއުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. އަދި މިރޭ މި ދެ ޓީމު ކުޅޭ މެޗު ވަރަށް ވާދަވެރި މެޗަކަށް ވެގެންދާނެއެވެ. އަދި މިރޭގެ މެޗު ވެގެންދާނީ މި ސަރަހައްދުގެ އެންމެ މޮޅު ދެ ކުޅުންތެރިންކަމުގައިވ.ާ ރާއްޖެ ޓީމުގެ އަލީ އަޝްފާޤު (ދަގަނޑޭ) އާއި އިންޑިއާ ޓީމުގެ ސުނިލް ޗެތުރީގެ ބޮޑު ކުރިމަތިލުމަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Birubodu

    ކެނެރީގޭސޮރު ރާއްޖެ މޮޅުވާނެއޭ ބުންޏަސް މިސޮރުގެހިތް އޮންނާނީ އިންޑިއާ މޮޅުވާގޮތަށް ވަރަށް ވަރަށްސާފް އިނގޭތޯ

  2. މުންޖިޗޭ

    އިރާދައާ މަތިކުރުމަކާވެސްނުލާ މިފަދަ ބަސްތައް ބުނުން އެހާ ރަނގަޅެއްނޫން، ކުޅުދުންވަންތަކަން ޤަބޫލުކުރަންވާނެ. ކޮންމެކަމެއްވެސް ގުޅިފައިވަނީ އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅާއި!

  3. ބެއްޔާ

    ކަލޭ އަނގަ ނުތަޚާ މަޑުން ހުރޭ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ