ހައުސިންގް މިނިސްޓަރު އަސްލަމް މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލީސް

މާލެ މީހުންނަށް ރަށްރަށުން ގޯތި ދިނުމަށް އަސްލަމް ލަފާދީފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނީ، މާލޭގެ ރައްޔިތުންނަށް އެހެން ރަށްރަށުން ގޯތި ދޫކުރުމަށް ކައުންސިލުތަކުން ހުއްދަދިނުމުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކ. ދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދިނުމަށް މިނިސްޓަރ އަސްލަމް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެފައެވެ. އަދި މެމްބަރުންނަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި، ކުރެއްވި ސުވާލުތަކަށް ޖަވާބު އަރުވައިފައެވެ.

އެގޮތުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަސްލަމްގެ މިނިސްޓަރުކަމުގައި ތިން އަހަރުވީ އިރުވެސް ހައްލެއް ނުލިބޭކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލުން ރަށްރަށުގެ ބިންތައް އެ ރަށެއްގެ ރައްޔިތުންނަށް ދިންނަމަވެސް، މާލޭގެ ރައްޔިތުންނަށް އެ ތަންތަނުން ބިން ނުލިބޭކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ، މާލޭގެ ބައެއް ރައްޔިތުން މާލޭގެ ބިން ދޫކޮށްލުމަށްފަހު، ރަށްރަށަށް ބަދަލުވާން ބޭނުންވާކަމަށެވެ. އެހެންކަމުން އެ ފުރުސަތު އޮތީ މަގުފަހިވެފައިތޯ މެމްބަރު މިނިސްޓަރާ ސުވާލުކުރެއްވިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ބޯދާ ޒަމާނުއްސުރެ ރާއްޖޭގައި ބަނޑާރަ ގޯތި ލިބޭގޮތަށް އޮތް އޮތުމާއެކު މި މައްސަލައަށް ހައްލެއް ލެބޭނެތޯ އެއީ އެންމެންވެސް ކޮށްލަން ޖެހޭ ސުވާލެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ހިސާބަކުން ދިވެހިންނަށް ބިން ދިނުމަށް ގާނޫނު މަނާ ނުކުރާ ކަމަށެވެ. ނަމަވެސް ރަށުގެ އެހެން މީހުންނަށް ރަށުން ގޯތި ދޫކުރަން ރަށްރަށުގެ ކައުންސިލުތަކުން ދެކޮޅު ހަދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީކީ 80އިގެ އަހަރުތަކެއް ނޫން. ދައުލަތުގެ މިނިސްޓްރީއަކަށް ރަށެއްގެ ކައުންސިލެއްގެ މައްޗަކަށް އިމްޕޯސްއެއް ނުކުރެވޭ، ދޭށޭ ކިޔާފަކާ. ކައުންސިލުން ނިންމުންތަކެއް، ކައުންސިލްގެ ވެސް ބާރުތަކެއް ހުރޭ. ކައުންސިލުން ނިންމާ ދެންޏާ ނުދެންޏާ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އޯޕަން މައިންޑެއްގައި މިކަން ކުރާ ކަމަށް ވަންޏާ، ރަށްރަށުގެ ކައުންސިލްތަކުން އެ ކަމަށް ރިސެޕްޓިވް ވުން މިނިސްޓަރ ލަފާދެއްވާ ކަމެއް ކަމަށެވެ.  ލަފަޔަކަށް ވާނެ ހަމަ ވަރަށް

" އަޅުގަނޑު ކައުންސިލަށް ދޭ ލަފައަކީ، މާލޭ މީހަކު ތަނަކަށް ރަށަކަށް ދާން ބޭނުންވާ ކަމަށް ވަންޏާ ގޯއްޗެއް ދެއްވާށޭ،" އަސްލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
1 ދުވަސްކުރިން