އައްޒަ ބަނޑުބޮޑުވީކީ ނޫން، މުއާއަށް އެންސީއޭގެ މަޤާމެއް ލިބުނީ!

ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ ކާމިޔާބު ބަތަލާ މަރިޔަމް އައްޒަ، އިއްޔެ ވަނީ އޭނަގެ އިންސްޓަގްރަމް ސްޓޯރީގައި ފިރިމީހާ އަބްދުﷲ މުއާޒް(މުއާ) އަށް މަރުހަބާ ކިއުމަށްފަހު ކޭކެއް ފެޅިކަން ހާމަކޮށްފައެވެ. އެއާއެކު މިއީ ކޮންކަމާ ގުޅިގެންތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ކީ މަރުހަބާއެއްތޯ އައްޒަ އޭރު ހާމައެއްނުކުރެއެވެ.

އަދި ބެލެވޭ ގޮތުގައި ގިނަ ބަޔަކު ހީކުރީ އައްޒަ އާއި މުއާ އަށް ދަރިއަކު ލިބެން އުޅެނީކަމަށެވެ. އެއީ އައްޒަ މީގެ ކުރިން ހިއްސާކުރި އިންސްޓަގްރަމް ސްޓޯރީގެ ޕޯސްޓެއްގައި ބުނީ ތިމަންނަ ބަނޑުބޮޑު ނޫންކަމަށާއި، އެހެންކަމުން އެ އެކަމާ ގުޅިގެން މަރުހަބާގެ މެސެޖުތައް ނުފޮނުވުމަށެވެ. 

ވެގެން މިއުޅެނީ ކީއްކަން އެނގޭ ހެއްޔެއެވެ.؟ އައްޒަގެ ފިރިމީހާ، މުއާއަށް އަނެއްކާވެސް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ އިސް މަގާމެއް ލިބުނީއެވެ. އެހެންކަމުން އައްޒަ ފިރިމީހާއަށް މި ލިބުނު ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކީއެވެ.

މިއަދު ގިނަ މީޑިއާތަކެއްގައިވެސް މި ވާހަކަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި އައްޒަ ވަނީ އެކަން ޔަޤީންވެސްކޮށްދީފައެވެ. މުއާ އައްޔަންކޮށްފައިވަނީ އެންސީއޭގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށެވެ.

މުއާ މި މަގާމަކަށް އައްޔަނު ކޮށްފައިވާއިރު، ކުރީގެ ސަރުކާރުގައި ވެސް މުއާ ވަނީ އެންއައިސީގެ އެގްޒެކްޓިން ކޯޑިނޭޓަރުގެ މަގާމު އަދާކޮށްފައެވެ. އަދި މުއާ މިފަހަކުން ފާހަގަވެފައި ވަނީ ޓްވިޓާގައި ވަރަށް އެކްޓިވް މީހެއްގެ ގޮތުގައެވެ.

މުއާ އަކީ ދިވެހި ފިލްމް އިންޑަސްޓްރީގެ ކުޅަދާނަ އެކްޓަރެއްގއ އިތުރުން، މޮޅު ޑައިރެކްޓަރެއްވެސް މެއެވެ. އެގޮތުން އައްޒަ ލީޑު ރޯލު ކުޅުނު، "ލީނާ" ފިލްމަކީ މުއާގެ ފާހަގަކޮށްލެވޭ މޮޅު ޑައިރެކްޝަނެކެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ