މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި-- ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އަލިފާން ރޯވެގެން އުޅެނީ މާލޭގައި އަމީނީމަގުގެ ސީގަލް ފިހާރަ އިންވެގެން ހުރި އިމާރާތެއްގައެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 11:51 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ، ސީގަލް ސަރަހައްދުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ފަޔަރ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމަށް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ މަންޒަރުތަކަށް ބަލާއިރު، ރޯވެފައި ވަނީ އެ އިމާރާތުގެ 4 ވަނަ ފަންގިފިލާގައި ކަމަށް ބެލެވެއެވެ. އަދި މިއަދަކީވެސް ކޮންމެވެސް ވަރަކަށް ވައިގަދަ ދުވަހެއް ކަމުން އަލިފާންގަނޑު ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

މިހާރު އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވިފައެވެ. ނަމަވެސް އެ ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު އެބަހުއްޓެވެ.

އެމްއެންޑީއެފުން ބުނީ، 12:16 ހާއިރު، ގ.ތުނޑީގެ 4 ވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ