ނައިބު ރައީސް ހއ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ފައިޞަލް ނަސީމްގެ މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލުތަކާއި ބައްދަލުކޮށްލެއްވުމުގެ އިތުރުން އެ ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށް ހަމަޖެހިފައިވޭ." ރައީސް އޮފީހުން ވިދާޅުވިއެވެ.

ނައިބު ރައީސް ހއ.އަތޮޅަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ މ.ކޮޅުފުށި އަދި ތ.ހިރިލަންދޫ ކައުންސިލާ ބައްދަލުކުރައްވާ އެރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައްވެސް އައްސަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ