ކުޅުދުއްފުށީ ކުޅީގައި ފްލެމިންގޯ ބައިގަނޑެއް-- ފޮޓޯ: ޖައުޕިކްސް

ރާއްޖެ އައި ގުޑުގުޑާ ދޫނިތަކެއް ހިފައި އަގުބޮޑުކޮށް ވިއްކާ މައްސަލަ ބަލަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ރާއްޖެއަށް އައި ފްލެމިންގް(ގުޑުގުޑާދޫނި) ތަކެއް ހިފައި އަގުބޮޑުކޮށް ވިއްކަން ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ހއ. ފިއްލަދޫ، ބާރަށް އަދި ހދ. ކުޅުދުއްފުށިންވެސް ފެނިފައިވާ މި ފްލެމިންގޯތައް ވިއްކަން ޖަހާފައިވަނީ "ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫޕެއްގައެވެ. ވިއްކަން ޖަހާފައިވަނީ 30،000 ރުފިޔާ އަށެވެ.

މި ދޫނިތަކުގެ ފޮޓޯތައް މީސްމީޑިއާގައިވެސް މިޙާރު ވައިރަލްވަމުން އަންނައިރު، މި ފްލެމިންގޯތައް އެންމެ ފުރަތަމަ ފެނިފައި ވަނީ ހއ. ފިއްލަދޫއިންނެވެ. އަދި އެ ދޫނިތައް ފަހުން އެރަށާ ކައިރީގައި އޮންނަ ބާރަށަށް ވަނީ ދަތުރުކޮށްފައެވެ. އަދި ދާ ޖަހައިގެން ފްލެމިންގޯތައް ހިފިކަމަށް ތުހުމަތުކުރަނީ ބާރަށް ބަޔަކަށެވެ.

އަދި ފްލެމިންގޯ ވިއްކަން ޖަހާފައި އޮތީ ކުޅުދުއްފުށި "ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫޕެއްގަ އެވެ. އެ ވައިބާ ގްރޫޕްގެ ސްކްރީންޝޮޓްތައްވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ.

މިއަހަރުގެވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކު ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. މިގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"ގެ ދަށުން ހެދިފައިވާ ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫންޏެވެ.

ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާކަމަށް އީޕީއޭ އިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެ އޭޖެންސީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާކަމަށެވެ.

އީޕީއޭ އިން ވިދާޅުވީ، މިމޫސުމުގައި ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނިލޯފިނދާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ، އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރާ ދިރުންތަކެއްކަމުގައިވަނީ ފާހަގަވެފައެވެ.

އެހެންކަމުން މިދަނޑިވަޅުގައި، މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭ އިން އިލްތިމާސްކުރެއެވެ. އަދި މިގޮތަށް ދިރޭ ތަކެއްޗަށް ގޯނާދޭ ފަރާތްތައް، ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާކުރާނެ ކަމަށްވެސް އީޕީއޭ އިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް