އިންޑިއާގެ ހިލޭ އެހީން ހިންގާ ޕްރޮޖެކްޓްތަކުގެ އެމްއޯޔޫގައި އެގައުމުގެ ސަފީރު ސަންޖޭ ސުދިރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓްް މިނިސްޓަރު އަހުމަދު ހަލީލް ސޮއިކުރައްވަނީ-- ފޮޓޯ:ފޮރިން މިނިސްޓްރީ

އިންޑިއާގެ ހިލޭ އެހީގައި 37 މިލިއަން ރުފިޔާގެ 8 މަޝްރޫއެއް ހިންގަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 8 މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމް.އޯ.ޔޫގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

މިއަދު ސޮއިކުރި އެމްއޯޔޫތަކުގެ ދަށުން އިފްތިތާހުކުރި މަޝްރޫއުތަކަކީ ޖުމްލަ 36،609،600 ރުފިޔާ (2،374،163 ޑޮލަރު) ގެ ހިލޭ އެހީ އެކެވެ. މި އެމް.އޯ.ޔޫތަކަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ 8 މަޝްރޫއެކެވެ

އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ 8 މަޝްރޫއަކީ:

1- އޮލިމްޕަސް ތިއޭޓަރު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުން

2- ނ. މިލަަދޫގައި މަލްޓިޕާޕާސް ކައުންސިލް އިމާރާތް އެޅުން

3- އއ. ދަނގެތީ ކަލްޗަރަލް ސެންޓަރުގެ އިމާރާތް އެޅުން

4- ލ. މާބައިދޫ ގައި އައިސް ޕްލާންޓެއް އެޅުން

5- ހއ. ދިއްދޫ، ލ.ގަން އަދި ގދ. ތިނަދޫ ސްކޫލްގެ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް ހަރުދަނާކުރުން

6- ތ. ވޭމަންޑޫގައި މަގު ބައްތި ޖެހުން

7- ތ. ތިމަރަފުށީގައި މަގުބައްތި ޖެހުން

8- ދެ ސީއެމްބިއުލާންސް ގަތުން

މި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މި އެމް.އޯ.ޔޫތަކުގެ ދަށުން އިފްތިތާޙްކުރެވޭ މަޝްރޫޢުތަކުގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާއި، ތިމާވެއްޓާއި ޘަޤާފީ ތަރިކަ ރައްކާތެރިކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ދުޅަހެޔޮކަމާއި އަދި ހުނަރު ތަރައްޤީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން އެކި ގޮތްގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ މި ސްކީމްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ފުރަތަމަ ސޮއިކޮށްފައިވަނީ 17 މާޗް 2019 ގައެވެ. އަދި މި ސްކީމް 155 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސޮއިކޮށްފައިވަނީ 23 ޖުލައި 2021 ގައެވެ.

މިއަދު އިފްތިތާޙު ކުރެވުނު މަޝްރޫޢުތަކުގެ އިތުރުން، މި ގްރާންޓް ސްކީމްގެ ދަށުން މިހާރުވެސް 12 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުން އެބަދޭ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އަދި ނ. ނެދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ހަނިމާދޫގައި ހިންގާ އެގްރިކަލްޗަރަލް ލިންކޭޖްސް ޕްރޮޖެކްޓާއި، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް ސެންޓަރެއް ގާއިމުކުރުމާއި ހއ.ހޯރަފުށީގައި ވޯޓަރ ބޮޓްލިންގ ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

އެމް.އޯ.ޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު

  1. ނިކަމެތި މީހާ

    އާދޭސްކޮށްފައި ބުނަން އިންޑިޔާގެ ނިކަމެތި ނަން އެހީތެރިވެދޭ ވޭތޯ ބަލާބަލަ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް