ޖަސްޓިސް ބިލްޑިންގ - ފޮޓޯ: ރާއްޖެ.އެމްވީ

ފެމިލީގެ ކޯޓުގެ ލީގަލް އޮފިސަރު ވަކިކުރީ ޖިންސީ ފުރައްސާރަކޮށްގެން

ފެމެލީ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު، އަލީ ސައީދު ވަޒީފާއިން ވަކި ކޮށްފައިވަނީ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއްގައި އެކަން ޑީޖޭއޭއިން ތަހުގީގުކޮށް އެކަން އޭނާގެ މައްޗަށް ސާބިތު ވުމުން ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއްޖެއެވެ.

ފެމެލީ ކޯޓުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަލީ ސައީދު މަގާމުން ވަކި ކޮށްފައިވަނީ ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ޑީޖޭއޭ އިން ބެލުމަށްފަހު އެކަން ސާބިތުވުމުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގައިވައިދުގެ ދަށުން މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ސައީދު ވަކިކޮށްފައިވަނީ އެއްވެސް އިދާރާއަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ނޫންކަމަށްވެސް ފެމިލީ ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސަޢީދު ވަޒީފާއިން ވަކިކުރިއިރު، އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަވެސް ޖޭއެސްސީ އިން ދަނީ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް