ފުވައްމުލަކު ފެނާއި ނަރުދަމާ ތަރައްގީ ކުރުމަށް މަޝްވަރާ ކޮށްފި

ފުވައްމުލަކުގެ ކަރަންޓް ވިއުގަ އަޕްގުރޭޑް ކުރުމާ އެރަށުގެ ފެނާ ނަރުދަމާއަށް ދިމާވެފައިވާ މައްސަަލަތައް ހައްލުކުރުމާއި ގުޅޭގޮތުން އެންވައިރްމެންޓް މިނިސްޓަރ ޑރ. ހުސައިން ހަސަން އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެމްޑީ އަހްމަދު ސައީދު މަޝްވަރާ ކުރައްވައިފި އެވެ.

ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ 14 ގައި ނިންމައި އިފްތިތާހު ކޮށްދެއްވައިފައިވާ މަސައްކަތެކެވެ. މި މަޝްރޫއަށް 297 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަވަސް އަރުވާލައިގެން ނިންމި މިމަސައްކަތުގެ ނިމުން ފާހަގަ ކޮށްފައި ވީނަމަވެސް ގިނަ ގެތަކަކަށް ވަނީ އެހިދުމަތް ފޯރުކޮށް ނުދީއެވެ.

ނަރުދަމާގެ ހިދުމަތް ހުރިހާ ގެތަކަށް މިހާރު ފޯރުކޮށްދީފައި ވީނަމަވެސް ފުވައްމުލަކުގެ އެޕްރޮޖެކްޓްގެ މަސައްކަތާއި މެދު އާއްމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތެވެ.

މިގޮތުން މި ރައްޔިތުން ބުނާގޮތުގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ނަޖިސް ލީކުވަމުން ދެއެވެ. މިގޮތުން އެންމެ ފަހުން މިކުރި ވިއްސާރައިގައިވެސްވަނީ ނަރުދަމާ ނިޒާމުގެ ތެރެއިން ނަޖިސް ލީކު ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް