ދުވަސްވީ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

އުމުރުން 70 އަހަރުގެ ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްފިއެވެ.

އެމަރޖެންސީގައި މިއަދު ހެނދުނު 9:45 ގައި މާލެ ގެނެސްފައިވަނީ ޅ. ހިންނަވަރު ހެލްތް ސެންޓަރުގައި އެޑްމިޓް ކޮށްފައި އޮތް ބަލިމީހެކެވެ.

އެމްއެންޑީއެފް އިން އެމަރޖެންސީ ހާލަތްތަކުގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދެއެވެ. މިކަމަށްޓަކައި އެމްއެންޑީއެފް އިން ބޭނުންކުރާ ހެލިކޮޕްޓަރަކީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެކެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް