ފިނޭންސް މިނިސްޓަރ އަމީރު | ފޮޓޯ: ސަން

ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރުކުރުމުގެ ހުއްދައަށް އަނެއްކާވެސް އެދިއްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުން މަޖިލީހުގައި އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިޤުތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ.

މިގޮތަށް ހުށަހެޅި ސަބަބެއް ކަމަށް އަމީރު ވިދާޅުވީ، ވެކްސިނާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރުހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވުމާއި، އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމުން ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓް ގެ އޯވަރޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގަޔާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމުންނާއި، ފައިނޭންސިންގ ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު ކަމަށެވެ.

"ފައިނޭންސިން ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު 2022 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ވެސް ޕަބްލިކް ބޭންކު އެކައުންޓު އޯވަޑްރޯ ނުކޮށް، ކުރިއަށް ދިއުމަކީ އިގްތިސޯދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް އެ ކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް،" ފިނޭންސުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ، 26 އޭޕްރީލް 2022 އިން ފެށިގެން އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް މިނިސްޓަރު އަމީރު ވަނީ މަޖިލީހުގެ ކިބައިން އެދިފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާ އެކު، އެ ހުއްދަ ފުރަަަތަމަ ދިނީ މިދިޔަ އަހަރެވެ. އަދިއެ މުއްދަތު މިދިޔަ އޭޕްރިލް މަހުގެ 25ގައި ހަމަވުމާ ގުޅިގެން، ފިނޭންސް މިނިސްޓްރީގެ އެދުމާއެކު މަޖިލީހުން ވަނީ އަންނަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް