ފޮޓޯ: ރާއްޖެ އެމްވީ

އިސް މެޖިސްޓްރޭޓް ޖިންސީ ގޯނާ ކުރާކަމަށް ބުނެ މައްސަލަ ޖޭއެސްސީއަށް

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް، އަދުނާން ހުސައިނަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.

ހުށައެޅުނު މިމައްސަލައިގައި ތުޙުމަތުކޮށްފައިވާ ގޮތުން އިސް މެޖިސްޓްރޭޓް އަދުނާން އެކޯޓުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރަމުން ދަނީ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެންނެވެ.

މީގެއިތުރުން ޅ. ނައިފަރު ކޯޓުގައި އަދުނާނު މަސައްކަތް ކުރިއިރު، އެ ކޯޓުގެ ބައެއް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް ތުޙުމަތު ކުރެވެއެވެ.

ޖޭއެސްސީއަށް މިމައްސަލަ ހުށައެޅީ އަމިއްލަ ފަރާތަކުންކަމަށްވަނީ މަޢުލޫމާތުލިބިފައެވެ.

މީގެ އިތުރުން ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުޙުމަތު ކުރެވޭ މައްސަލަތަކެއް ޖޭއެސްސީން ވަނީ ބަލަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް