ރައީސްގެ ވައުދު ފުއްދަން، އެއްވެސް މަސައްކަތެއް ނުހިނގާ ރަށެއްނެތް- ނައިބު ރައީސް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ފުއްދުމުގެ ގޮތުން ކޮންމެވެސް ކަމެއް ނުހިނގާ ރަށެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުގެ ގޮތުން މިއަދު ހަވީރު ހޯރަފުށީ އެއާރޕޯޓް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެއަރޕޯޓްފަދަ ތަންތަނަކީ ޚިދުމަތް ހޯދަން އެކި ހިސާބުތަކުން މީހުން އަންނަ ތަންތަންކަން ފާހަގަކުރައްވައި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ކަންކަން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރާއްޖެ ލާމަރުކަޒުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއި އެކަން ފުރިހަމަކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރެވެމުންދާތަން މިހާރު ފެންނަމުން އަންނަކަމުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކިދާއިރާތަކުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ މި 3 އަހަރުގެ ތެރޭގައި ކުރިޔަށްގެންދަވާކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުށީ އެއަރޕޯޓްގެ މޮނިއުމަންޓް ހުޅުވައިދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓުގެ ފަރާތުންނާއި ހޯރަފުށީ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

ހޯރަފުށީ އެއަރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބޭއްވި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއަރޕޯޓް ސަރަޙައްދުގައި ގަސް އިންދަވާދެއްވާފައެވެ.

މީގެ އިތުރުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުށީ ހެލްތު ސެންޓަރާއި ހއ.އަތޮޅު ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލައްވައި މުވައްޒަފުންނާ މަޝްވަރާކޮށްލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް