މަރިޔަމް ވިސާމް - ފޮޓޯ: ޕީއެސްއެމް

ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ނުހިނގާ 523 ކުންފުންޏެއް އުވާލުމަށް ނިންމައިފި

ކުންފުނި އުވާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން ފުރަތަމަ ފަހަރަށް އުވާލުމަށް ކަނޑައެޅި 523 ކުންފުނީގެ ނަންތައް އިކޮނޮމިކް މިނިސްޓްރީން ޢާއްމުކޮށްފިއެވެ.

މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި އުވާލުމަށް ނިންމާފައިވާ ކުންފުނިތަކަކީ 1979 ވަނަ އަހަރާއި 2001 ވަނަ އަހަރާ ދެމެދު ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެއްކަމަށެވެ. އަދި މިކުންފުނިތަކަކީ ޤަވާއިދާ އެއްގޮތަށް އަހަރީ ފީ ދައްކާފައިނުވާކަމަށްވެސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވީ އުވާލުމަށް ނިންމާފައިމިވާ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަންނަމަހުގެ 7 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމަށް ދަންނަވާކަމަށެވެ.

އަދި މިއިން ކުންފުންޏަކާ ގުޅޭގޮތުން މައްސަލައެއް އޮތްނަމަވެސް، އަންނަމަހުގެ 7 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިކޮނިމިކއ މިނިސްޓްރީން އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކަކީ https://docs.google.com/viewerng/viewer?url=http://trade.gov.mv/dms/582/1561019282.pdf

ކުންފުނިތަކާބެހޭ ޤާނޫނުގައި އޮންނަގޮތުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ނުހިނގާ ކުންފުނިތައް އުވާލުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ލިބިދޭ ޙާލަތްތަކަކީ:

- ކުންފުނީގެ އަހަރީ ފީ އެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން ދައްކާފައިނުވުން،

- އެ ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް، އެ ކުންފުނި ރަޖިސްޓަރީކުރި ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ފާއިތުވާއިރު ނުކުރާ ކުންފުންޏެއް ކަމުގައިވުން، 

- އެ ކުންފުންޏަކުން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނުކުރާތާ 2 އަހަރު ދުވަސް ފާއިތުވެފައިވާ ކުންފުންޏެއް ކަމުގައިވުން، 

- ކުންފުންޏެއްގެ އަހަރީ ޢާންމު ޖަލްސާ ބާއްވާތާ 15 ދުވަހުގެ ތެރޭގައި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ރެޖިސްޓްރާރ އަށް ހުށަނޭޅުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ ފައިސާ، ކޮންމެ އަހަރެއްގެ ޖޫން 30ގެ ކުރިން ދައްކާފައިނުވާ، އަދި އެ މުއްދަތުގެ ތެރޭގައި އެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ހުށަހަޅާފައިނުވާ ކުންފުންޏެއް ކަމުގައިވުން.

ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ނުހިނގާ ކުންފުނިތަކުގެ އަދަދު ފާއިތުވި 22 އަހަރުގެ ތެރޭގައި 7000 އަށްވުރެ މައްޗަށް އަރާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ