ރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

އަޅުގަނޑު ހަވާލުވިފަހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ރަނގަޅު ބަދަލެއް ގެނެސްފިން: ނަހުލާ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަވާލުވެވަޑައިގެން ފަހުން، އެތަނުގެ ހިދުމަތްތަކަށް ހެޔޮ ބަދަލެއް ގެނެވިއްޖެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ލަސްވާކަމަށް ބުނެ މަޖިލީހަށް ހުށަހެޅޭ ޝަކުވާ އާއި އަދި ރައްޔިތުންގެ ޝަކުވާ އާއި ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓަރ ނަހުލާ ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތައް ލަސްވާ ކަމުގެ ޝަކުވާތައް އެކި މެމްބަރުންގެ ފަރާތުން ލިބޭ ކަމަށާއި އެކަމާ ގުޅިގެން މަޖިލީހުގެ ކޮމެޓީއަކަށްވެސް ހާޒިރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަދާއި ހަމައަށްވެސް އެއީ ކޮން ޝަކުވާއެއްކަން މަޖިލީހުގެ ކޮމިޓީއަށް ސާފުކޮށްދެވިފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ޝަކުވާ ހުށަހެޅެނީ ކޮންކަމަކާ ގުޅޭގޮތުންތޯ ބެލުމަށްޓަކައި މަޖިލީހުގެ ކޮމެޓީއަށް ސިޓީއެއްވެސް ފޮނުވިކަމަށް  ނަހުލާ ވިދާޅުވި އެވެ.

"ކޮމެޓީއަށް ހާޒިރުވުމުން ކޮމެޓީގެ މުގައްރިރުވެސް ފާހަގަކުރީ ޝަކުވާ ހުށަހެޅޭ ކަމުގެ ވާހަކަ. އަޅުގަނޑުގެ ސުވާލު ދެވަނަ ފަހަރަށް ރިޕީޓް ކުރިން. ޝަކުވާއެއް ވިދާޅުވެދެއްވާށޭ. ޝަކުވާ ވިދާޅުވިޔަސް އަޅުގަނޑަކަށް ޖަވާބުދޭކަށް ނޭގޭނެ ކޮންކަމަކާ ގުޅޭ ޝަކުވާއެއްތޯ ވިދާޅުނުވަނީހެއް. އަޅުގަނޑު ވަރަށް އިހުތިރާމާއެކު މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ދަންނަވާލަން ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތާމެދު ޝަކުވާ ވިދާޅުވާއިރު އެއީ ކޮން ކަމެއްކަން ފާހަގަކޮށް ކަނޑައެޅިގެން ކޮން ކަމެއްކަން ބަޔާންކޮށްދެއްވައިފިއްޔާ ވަރަށް ބޮޑަށް ޖަވާބު ދެއްވަން ފަސޭހަވާނެ ކަމަށް." ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އެކަމަނާ ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ހަވާލުވިއިރު، އެތަން އޮތީ ވަރަށް ނިކަމެތި ހާލަތުގައި ކަމަށެވެ. ނަމަވެސް ހުރި ގޮންޖެހުންތަކާއެކުވެސް މިއަދު ހިދުމަތް ދިނުމުގައި ރައްޔިތުންނަށް ފަސޭހަވާނެގޮތަށް މިނިސްޓްރީގެ ކަންކަން ބަދަލުކުރެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެގޮތުން ނަހުލާ ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ނެހެދި ހުރި ހުރިހާ ގަވާއިދެއް ހެދުމުގެ މަސައްކަތް ފަށާ، އެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ހަތަރުވަނަ އިސްލާހުގެ ދަށުން މިފަހުން ހަދަންޖެހޭ ހުރިހާ ގަވާއިދެއްގެ މަސައްކަތުގެ ތެރެއިން މިހާރު ނުނިމި އޮތީ އެންމެ ދެ ގަވާއިދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، މިހާރުވެސް ކޮންމެވެސް ވަރަކަށް ކަންކަން ލަސްވަމުންދާކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވާ މިނިސްޓަރު ނަހުލާ ވިދާޅުވީ، މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ޓްރާންސްޕޯޓް އޮތޯރިޓީން ޚިދުމަތް ފޯރުކޮށްދިނުމަށް ތިބީ އެންމެ 21 މުވައްޒަފުން ކަމަށެވެ.

"މި ދަންނަވަނީ އެތައް ޚިދުމަތެއްގެ ވާހަކަ. އެހެންވީމަ ސްޓާފުންވެސް އިތުރުވެގެން އެތަނުގަ ދެންވެސް ހުރި ކަންކަން ރަނގަޅުކުރެވޭނީ ބަޖެޓްވެސް ލިބިގެން" ނަހުލާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓްރީން ބޭނުން ކުރަމުން އައީ ވަރަށް ކުރީގެ ސޮޕްޓްވެއާއެއް ކަމަށާއި، އައިތީ ކޮންސަލްޓެންޓެއް ވަރަށް ފަހުން ހަމަޖެހި، އާ ސްފްޓެވެއާގެ މަސައްކަތް ނިންމި އަންނަ އަހަރު ބޭނުންކުރެވެން ފެށޭނެ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި އޭރުން ހިދުމަތުގެ ފެންވަރު އެތައް ގޮތަކުން ރަނގަޅު ވެގެން ދާނެކަންވެސް ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް