ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ - ފޮޓޯ: ޕޮލިސް

ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) ކަމަށެވެ.

"މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރު." ފުލުހުން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ ކުޑަކުއްޖާ - ފޮޓޯ: ޕޮލިސް

ވީމާ ޝައިމް ޢަބްދުﷲއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިލައްވައެވެ.

ޝައިމް ޢަބްދުﷲ އެންމެ ފަހުން ފެނުނީ ކޮންތަނަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އަދި އޭނާ މިހާތަނަށް ދިރިއުޅެމުން އައި ރަށެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންކަމުން އޭނާ ގެއްލިފައި ވަނީ ކޮންރަށަކުން ކަމެއް ސާފެއް ނުވެއެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ