ފޮޓޯ: އަދަދު

އަމިއްލަ ހަރަދުގައި ބުޅާ ފެސިލިޓީ ހިންގާނެ ބަޔަކު ހޯދަނީ

މާލެ ތެރޭގައި ގިނަވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް އަމިއްލަ ހަރަދުގައި ބުޅާ ގެންގުޅޭނެ ފަރާތެއް ހޯދަން އިއުލާންކުރުމަށް ނިންމައިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ، ކުރީގެ ސިޓީ ކައުންސިލުން، އެޗްޑީސީ އާއެކު ފަރުކޮޅުފުށީގައި ބުޅާ ގެންގުޅުމަށް ފެސިލީޓީއެއް ހެދުމަށް މަޝްވަރާކުރެވިފައި އޮތް ނަމަވެސް،  އާ ކައުންސިލް އައިފަހުން އެޗްޑީސީގެ ވާހަކަތައް ބަދަލުވެފައި ކަމަށެވެ.

އެގޮތުން އެކަމަށް އެޗްޑީސީން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށާއި، މި ކެޓް ފެސިލިޓާ ފަރުކޮޅުފުށީގައި އަދި ހުޅުމާލޭގެ އެއްވެސް ތާކު ހެދޭނެ މަގެއް އަދި ފަހިނުކޮށްދޭކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އެޗްޑީސީން މިކަމުގައި އެކި ބަހަނާތައް ދައްކާ ކަމަށް މޭޔަރު ފާހަގަކުރި އެވެ.

އެހެންކަމުން މި މައްސަލަ ބޮޑުވެ، މާލޭގައި އުޅޭ ބުޅާތައް ގެންގުޅުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރަން ނިންމައިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މާލޭގައި ބުޅާ ގިނަވެ، އެކި ބަލިތަކާއި ނަޖިސް ފެތުރި، ވިއްސާރަ ވެހޭ ދުވަސްދުވަހުވެސް އާންމުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މިއީ ހައްލެއް ގެންނަން ޖެހޭ މައްސަލައެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ފެސިލިޓީ ހަދަން ޝައުގުވެރިވާ ފަރާތްތަކަށް، މި ހަފުތާގައި ފުރުސަތު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ