އޮޅުވާލައިގެން ދޫވި ގައިދީ އަލުން ޖަލަށްލައިފި

ލިޔެކިޔުން އޮޅުވާލައިގެން ޖަލުން ދޫވި ގައިދީ އަކު އަލުން ޖަލަށް ލައިފައި ވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.

މުނާޒް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. "ލިޔެކިޔުން އޮޅުވާލައިގެން މާފު ނުދެއްވާ ގައިދީއަކު ޖަލުން ނެރުމަށް ޗިޓު ތައްޔާރުކޮށް ވެރިންނަށް ހުށަހެޅި މުވައްޒަފުގެ މައްސަލަވަނީ ތަހުގީގުކޮށް ދެއްވުން އެދި އެމްޕީއެސް އަށް ފޮނުވިފައި، ގައިދީވަނީ އަނބުރާ ޖަލަށް ވެއްދިފައި" ޓުވީޓުގައި ބުނެފައި ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ލިޔެކިޔުން އޮޅުވާލައިގެން ޖަލުން މިނިވަންވެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ