ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ދިރިހުރުމަށް އެދޭތީ ސަލާމަތާ ރައްކާތެރިކަން ބޭނުންވޭ: ނަޝީދު

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިވެހި ސިފައިން ދެއްވަމުންގެންދަވާ މަތީ ސެކިއުރިޓީގެ ސަބަބުން އާއްމުންނަށް އުނދަގޫތަކާއި ކުރިމަތިވީ ނަމަވެސް، ދިރިހުރުމަށް އެދުވަޑައިގަންނަވާތީވެ ސަލާމަތާއި ރައްކާތެރިކަން މިއަދު ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މަޖިލީހުން އިންތިޒާމުކުރާ "އާސްކް ސްޕީކާ" ޕްރަގްރާމްގައި އާއްމުންގެ މީހަކު ވަނީ މެއި ހައެއްގެ ހަމަލާއަށްފަހު ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ކެނެރީގެ ހުންނަ މަގު ކޮންމެ ދުވަހަކު ތިން ހަތަރު ގަޑިއިރަށް ބަންދުކޮށްފައިވާތީވެ، އެއީ އާންމުންނާއި ސްކޫލަށް ދާ ކުދިންނަށް ކުރި ޖެއްސުމެއްތޯ ސުވާލުކޮށްފައެވެ.

މި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، އެކަމާ ވަރަށް ބޮޑަށް އާއްމުންގެ ކިބައިން މައާފަށް އެދޭކަމަށެވެ. ނަޝީދު ވިދާޅުވީ، ވަކިން އެކަހެރިކޮށްފައި އެގޮތަށް އުޅެންޖެހުމަކީ އެމަނިކުފާނުވެސް ބޭނުންވި ގޮތެއް ނޫންކަމަށެވެ. ނަމަވެސް މެއި ހައެއް ފަހެއްގެ ހަމަލާ ހަނދުމަކޮށްދެމުން ނަޝީދު ވިދާޅުވީ، ކެނެރީގެ ކައިރިން އެމަނިކުފާނު މަރާލުމަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން ސަލާމަތްވީ ހަމަ ކިރިޔާ ކަމަށެވެ.

"އަޅުގަނޑުވެސް އެދެން އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން. ނަމަވެސް އަޅުގަނޑު ބޭނުންމެއް ނުވޭ، އެކަމުން އެހެން ބަޔަކަށް އުނދަގޫތަކެއްވެސް ވާކަށެެއް" ނަޝީދު ވިދާޅުވި އެވެ.

" އަހަން ޖެހޭ މި ސުވާލަކީ، އަޅުގަނޑު ދޫކޮށްލާ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އުއްތަމަފަނޑިޔާރު ނޫނީ އެހެން ބޭފުޅެއް އެއީ ޓެރަރިޒަމްގެ ޝިކާރަކަށް ދޫކޮށްލުން އެއީ ދިވެހިރައްޔިތުންގެ މަސްލަހަތު ހުރި ގޮތްތޯ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތޯ. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި މި ދައުލަތް އޭގެ ހައިބަތާ އެކީގައި ހިންގުން އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ކަމެއް. އަޅުގަނޑު މާފަށް އެދެން." އެހެން ނަމަވެސް އެމަނިކުފާނުވެސް ދިރިހުރުމަށް އެދޭތީ ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ 8:27 ހާއިރު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.

އެ ޙަމަލާ އަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަންވިލާތަށާއި އިނގިރޭސިވިލާތަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި ދިރިއުޅުއްވި އެވެ.

ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަކޮށް ހަމަޖެއްސެވި ވަގުތީ ގެކޮޅު، މުރައިދޫގޭގަ އެވެ. އެ ގެ ހުންނަ ސަރަހައްދަކީ ރެޑް ޒޯނެއް ކަމަށް ކަނޑައަަޅައި އެ ގެކޮޅުގެ ކުރިމަތީގައި ސަރަހައްދުގައި މިހާރު ވަނީ ރަތް ރޮނގެއްވެސް ދަމާފައެވެ. މިއީ ރާއްޖޭގައި މަގުމަތީގެ މި ނިޝާން ބޭނުންކުރި ފުރަތަމަ ފަހަރެވެ

 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް