މާލެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިން ނުލިބޭ މީހުންނަށް އަޅާލުމުގެ ސިޔާސަތެއް އޮންނަން ޖެހޭ، އެކަން ބަލާނަން: ނަޝީދު

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ރާއްޖޭގައި އިންފަރޓިލިޓީ ނުވަތަ ދަރިން ނުލިބޭ މީހުންނަށް އަޅާލުމުގެ ރަނގަޅު ސިޔާސަތެއް ސަރުކާރުން ގެންގުޅެން ޖެހޭ ކަމަށް ރައްޔިތުން މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުން އިންތިޒާމުކުރާ "އާސްކް ސްޕީކާ" ޕްރަގްރާމްގައި އާއްމުންގެ މީހަކު ވަނީ ރާއްޖޭގައި ދަރިން ނުލިބޭ މައްސަލައަކީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނުދެކެނީ ކީއްވެތޯ އާއި، އަދި އެކަމަށް އިންޝިއުރެންސެއް ފޯރުކޮށް ނުދޭއިރު، އެއީ ފައިސާގެ ގޮތުންނާއި ނަފްސާނީ ގޮތުން ކޮންމެ ދުވަހަކު މީހުން ތަހައްމަލު ކުރާ ކަމެއް ކަމުގައި ފާހަގަކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއީ ރާއްޖޭގައި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ސަރުކާރުން އެފަދަ މީހުންނަށް އަޅާލުމުގެ ސިޔާސަތައް އޮންނަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ނަމަވެސް މިއަދާއި ހަމައަށްވެސް، އަޅުގަނޑުމެންގެ މެނިފެސްޓޯތަކުގައި އެކަމާ ގުޅޭ ގޮތުން ސިޔާސަތުތަކެއް ކަނޑައަޅައިފައެއް ނުވާނެ. އެކަމަކު އަޅުގަނޑު ތިކަން ބަލާނަން"، ދަރިން ނުލިބުމުގެ މައްސަލައަކީ ވަރަށް ގިނަ ގުނަ ނަފްސާނީ މައްސަލަތައް ދިމާވެދާނެ ކަމެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ދަރިން ނުލިބޭ މީހުންގެ ނިސްބަތް ގިނަވަމުން އަންނައިރު، ވަރަށް ގިނަ ދިވެހި އިންޑިއާއަށްގޮސް އެކަމަށް ފަރުވާ ހޯދައެވެ. އެތައް ހަރަދެއް ކޮށްގެން މިކަމަށް ފަރުވާ ހޯދަން ބޭރަށް ދާން ޖެހޭއިރު، މިއީ އާސަދައިން ކަވާކުރެވޭ ހަރަދެއްގެ ގޮތުގައި އަދި ހަމަޖެހިފައެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

ހިޔާލު

  1. Ihusaas

    Dharin libumun mahuroom vefaivaa ahunaa uhutunhe ua ijaabakuravaa mialhaayaves solihunge 🙂terein vaa dariyaku dhevaashi

  2. ދިވެއްސެއް

    އެންމެނަފްސަކައްް ގިނަވެގެންް ދައުލަތުންް ޚަރަދުކުރެވޭނޭޭ މިންގަނޑެއްް ޖަނޑައެޅުންް ވަރައްމުހިއްމުު ބައެއްމީހުންް އެތަކެއްބައިވަރުު އެލަވަންގެގޮތުގައިި އެތައްމިލިޔަންް ރުފިޔާއެއްް ނަގަމުންގެންދާވާހައިވެނީީ ރައްޔިތުންގެެ ނިކަމެތިކަންް ބޯކޮއްއިތުރުވެއްޖެެ އެލަވަންސްތައްނަގާމީހުންް ހުސްއެކަނިި އެލަވަންސްތަކުންް މުއްސަދިި މަހުޖަނުންގެެ ލިސްޓްތަކުގެެ އެންމެމަތީގަަ މީތޯ ހައްގުމިންވަރަކީީ ފަގީރުންް ހައިހޫނުކަމުގަަ ދައުލަތުގެެ އިސްވެރިންް މުސަދިތާޖުތައްއަޅައިގެންް އުދުއްސެވުމުގަަ މީީ އިންސާފުގެެ ދަތުރުންް ހާސިލްވިީ ލަޑުދަޑި

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް