ދެ މިސްކިތަށާއި ރައީސް އޮފީސް ގޭޓް ކުރިމައްޗަށް ކުޑަކަމު ދިޔަ މީހާ.--

މިސްކިތަށް ކުޑަކަމުދިޔަ މީހާ ދޮޅު މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މާލޭގެ މިސްކިތްތަކަށާއި، ރައީސް އޮފީހުގެ ކުރިމައްޗަށް ކުޑަކަމުގޮސް، ހަތިމަކަށް ރަތް ކުޅު ޖެހި މީހާ އެއް މަހާއި 19 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ވަދެ، މީހުން ނަމާދު ކުރަން ތިބި ވަގުތު މިސްކިތުގެ އެތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި މިދިޔަ އޮކްޓޯޞަރު މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ. އަދި މި މައްސަލައިގެ ތަހުޤީގު ނިއްމާ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ފޮނުވިއިރު، އޭނާ ވަނީ އޭގެ އަނެއް ދުވަހު ދޫކޮށްލައިފައެވެ.

ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ބުނާ މި މީހާ ހައްޔަރުން ދޫކޯށްލައިފައި ވަނިކޮށް، މިދިޔަ މަހުގެ 7 ވަނަ ދުވަހު އޭނާ ވަނީ މާލެ މަސްޖިދުލް އިބްރާހިމް މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖަހައިފަ އެވެ. އެ މައްސަލައިގައި ފުލުހުން އެދުވަހު އޭނާ އަނެއްކާވެސް ހައްޔަރުކުރި އިރު، އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާ އުފުލާފަ އެވެ.

އޭނާގެ މައްޗަށް ދައުވާކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހެވެ. ، އޭނާގެ މައްޗަށް ކޮށްފައިވާ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެެެއް ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. ކޯޓުގައި ޒިޔާދު ވަނީ ދެ ދައުވާއަށްވެސް އިއުތިރާފްވެފަ އެވެ.

ޒިޔާދަށް ކުރި ހުކުމުގައި ގާނޫނުލް އުގޫބާތުގައި އޮތް ގޮތުން ޖުމްލަ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް އޭނާއަށް އަންނާނެއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހެއެވެ. އޭނާ އެ މައްސަލާގައި ބަންދުގައި 23 ދުވަސް ހޭދަކުރިއެވެ. އެހެންކަމުން ހުކުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމްގައިވެއެވެ.

އިބްރާހިމީ މިސްކިތަށް ވަދެ މިސްކިތުގައި އޮތް ހަތިމަކަށް ރަތްކުޅު ޖެހި މައްސަލާގައި ދައުލަތުން ކުރި ދައުވާގެ ހުކުމް އޭނަގެ މައްޗަށް އަދި ނީއްވަ އެވެ.

.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް