ރެޖިސްޓްރަރ އޮފް ކޮމެޕެނީސް މަރިޔަމް ވިސާމް - ފޮޓޯ: އަވަސް

އަހަރީ ފީ ނުދައްކައިގެން 3000 އަށްވުރެ ގިނަ ކުންފުނި އުވާލަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

އަހަރީ ފީ ނުދައްކައިގެން ތިންހާހަށްވުރެ ގިނަ ކުންފުނިތައް އުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފ އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، 3967 ކުންފުންޏެއް އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުނިތައް އުވާލަން ނިންމީ ކުންފުނި އުވައިލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (1)ގެ ދަށުން އަހަރީ ފީ ދައްކާފައި ނުވާތީކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އުވާލުމަށް ނިންމާފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންވާނަމަ އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިލްތިމާޒްތަކެއް ފުރިހަމަ ކުރުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ 31ގެ ކުރިން އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައި އެ މިނިސްޓްރީގެ ބިޒްނަަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްވެސް މިނިސްޓްރީން މިހާރުވަނީ އަންގާފައެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންނެއް ނުވަތަ ދައުވާއެއް އޮތްނަމަ ނުވަތަ މިއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ މިއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްސީލުތައް 31 ޖެނުއަރީ 2022 ގެ ކުރިން މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ. މި މުއްދަތުގެ ތެރޭގައި ތަފްސީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދައުވާއެއް ނެތްކަމުގައި ބަލާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއްގެ ރެކޯޑު ރަގަޅު ކުރުމަށް އެދޭނަމަ، ޕޯޓަލް މެދުވެރިކޮށް ތަފްސީލު ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް