ދަނގެތިން މަރާލާފައިވާ ވިޔަފާރިވެރިޔާ މަހުމޫދު--

މަޙްމޫދުގެ މަރު: ތަހުގީގުގެ މައުލޫމާތު ފުލުހުން މިއަދު ހާމަކުރަނީ

މިއަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ގައި އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތަހުގީގުގެ އިތުރު މައުލޫމާތު މިއަދު ހާމަކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަޙްމޫދުގެ މަރާއި ގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރުމަށް މިއަދު ޕްރެސް ކޮންފަރެސްއެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

ދަނގެތީގެ ވިޔަފާރިވެރިޔާ، މަހުމޫދު އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް ލާ އެއްލާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (ސާލިމް) އެވެ.

ދަނގެތީގެ ވިޔަފާރިވެރިޔާ، މަހުމޫދު އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް ލާ އެއްލާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސާލިމް އަކީ އެ ރަށުގައި މުސްކުޅި ފިރިހެނެއް ބެލެހެއްޓުމަށް ހަވާލުކޮށްފައި ހުރި މަސައްކަތު މީހެކެވެ. މި މައްސަލައިގެ ތުހުމަތުގައި ސާލިމް ހައްޔަރުކުރި މިދިޔަ އޮކްޓޯބަރު މަހުގެ 16 ގައެވެ.

ފުލުހުންގެ ތަހުގީގުން މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތު މަހުމޫދުގެ އާއިލާއާ ފުލުހުން ވަނީ ހިއްސާކޮށްފައެވެ. ފުލުހުން ބުނީ، ސާލިމް، މަހުމޫދު މަރާލީ އޭނާ ދިރިއުޅޭ "ނެދުންގެ"އަށް ގެންދިއުމަށް ފަހު ކަމަށް މިހާތަނަށް ކުރެވުނު ތަހުގީގުން އެނގިފައިވާކަމަށެވެ. މަހުމޫދު އެގެއަށް ގެންދިޔައީ ފައިސާތަކެއް ހޯދުމަށް ކަމަށާއި، އަދި އެކަމުގައި ހިނގާދިޔަ ހަމަނުޖެހުން ތަކެއްގެ ސަބަބުން މަހުމޫދު މަރާލީ އެގޭގައި ކަމަށް ސާލިމް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މަހުމޫދުގެ ގައިގެ އެތަން މިތަނަށް ވަޅި ހަރާ މަރާލުމަށްފަހު، ދެފަޔަށާއި މޫނަށް ގޯންޏެއް މެހުމަށްފަހު އެގޭގެ ބިއްދަށުގައި ހުންނަ ފަޅުގޭގެ ވަޅަށް ވައްޓާލީ ފާރުމަތިން ބޭރަށް ވައްޓާލުމަށް ފަހު ނަގައިގެން ގެންގޮސް ކަމަށް ފުލުހުންނަށް ސާލިމް ވަނީ ކިޔައިދީފައެވެ.

ފުލުހުން ކުރިން ހާމަކުރިފަދައިން މަހުމޫދު މަރާލުމުގައި އުޅުނީ ސާލިމް އެކަންޏެވެ. ސާލިމް ފިޔަވާ އިތުރު މީހެއް ނުވަތަ އިތުރު ބަޔެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ