ބްރެޒިލްއިން ރާއްޖެ އައި މީހާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމްސް

18 ކިލޯ މަސްތުވާތަކެތި: ހައްޔަރުކުރި އަންހެންމީހާ ދޫކޮށްލައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ވައިގެ މަގުން ލަގެޖުގައި ފޮރުވައިގެނ،ް ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، ހައްޔަރުކުރި ބްރެޒިލް ދެމަފިރިންގެ ތެރެއިން އަންހެން މީހާ ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ބްރެޒިލަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. އެއީ 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ އަދި 37 އަހަރުގެ ނައިރު ނުނެސް ޑިސްސޫޒާ އެވެ.

އެ ދެ މީހުންގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވަނީ, ކްރިސްޓްއާނޯ ސިލްވާގެ ލަގެޖުންނެވެ. އެކަމަށް އޭނާ ވަނީ އިއުތިރާފް ވެސް ވެފައެވެ. ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 18.857 ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާއާ އެކު ހައްޔަރުކުރި އަންހެން މީހާއަށް ލަގެޖުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ވަނީ ބުނެފައެވެ. އެކަމަށް ކްރިސްޓްއާނޯ ސިލްވާ ވެސް ވަނީ އެއްބަސްވެފައެވެ.

ކުރިންވެސް ބަންދުގެ މުއްދަތު ޖަހައިފައިވާ އަންހެންމީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ،  އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ އަންހެން މީހާ ބަންދުގައި ހުންނަތާ 29 ދުވަސްވެފައި ވާއިރު، ކޯޓުން އަންހެމީހާ ބަންދުގައި ބެހެއްޓީ އޭނާއާ އެކު ދަތުރުކުރި ފިރިހެންމީހާގެ އަތުން މަސްތުވާތަކެތި ފެނުމުން އެކަމަށް ހެކި ގަރީނާ ހޯދުމަށެވެ.

ކޯޓުން އަންހެން މީހާ ދޫކޮށްލީ އެއްވެސް ޝަރުތަކާއި ނުލައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ނައިރު ނުނެސް ދޫކޮށްލުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ, އެކެއްގެ އަތުގައި ހުރި މަސްތުވާތަކެއްޗެއް އެހެން މީހެއްގެ އަތުގައިވެސް ހުރިކަމަށް ބެލެވޭނީ ދެ އުންސުރެއް ހަމަވެގެން ކަމަށެވެ. ފުރަތަމަ އުންސުރަކީ އޭނާއަށް އެނގިގެން އެހެން މީހެއްގެ އަތުގައ މަސްތުވާތަކެތި ހުރުމެވެ. ދެވަނަ އުންސުރަކީ އޭނާގެ ރުހުމުގައި އަނެއް މީހާ އަތުގައި މަސްތުވާތަކެތި ހުރުމެވެ. އެ ދެ އުންސުރުގެ ތެރެއިން އެއްވެސް ކަމެއް ފުރިހަމަވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެކުގައި ދަތުރުކުރުމާއި އެއް ލަގެޖެއްގައި ދެ މީހުންގެ އަންނައުނު ހުރުމަކީ ކޮންމެވެސް ވަރެއްގެ ތުހުމަތު އުފެދޭ ސަބަބެއް ނަމަވެސް, އޭނާ ބަންދުގައި ހުންނަތާ މަހެއްހާ ދުވަސްވީއިރު އެކަށީގެންވާ ހެއްކި ހޯދިފައި ނުވާކަން ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް ކޯޓުން މިދިޔަ މަހުގެ 28 ގައި ވަނީ ފަސް ދުވަސްޖަހައިފަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް