ޢަބްދުއްރާޒިޤް ޢަލީ--

ލަވަ ނުކިޔާތީ ސަރުކާރުން ވަޒީފާއެއް ނުދިން: ނިކަމެތި ޒުވާނެއް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކުރީގެ ބޮޑުބެރު ލަވަކިޔުންތެރިޔާ އަދި މިހާރު އިސްލާމްދީނަށްޓަކައި މިއުޒިކާއި ލަވަ ކިއުމާއި ދުރުގައި ހުރި ޢަބްދުއްރާޒިޤް ޢަލީ، ސަރުކާރު ވަޒީފައަކަށް އިންޓަވިއުއަށް ދިއުމުން، މިހާރު ލަވަނުކިޔާތީ އެކަމާ ފުރައްސާރަކޮށް މަލާމަތް ކުރި ކަމަށް އޭނާ ބުނެފިއެވެ.

މީސްމީޑިއާގައި ހެޔޮ ކަންކަމަށް ބާރު އަޅާ، ދީނަށް މީހުން ހޭލުންތެރިކުރުމުގައި ދެމިހުރި މި ޒުވާނާ ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ވަނީ އޭނާ މީގެ ހަފްތާއެއް ކުރިން ސަރުކާރު ވަޒީފާއަކަށް ދިއުމުން އެތަނުން އޭނާއާ ދޭތެރޭ ކަންތައްކުރި ގޮތް ކިޔައިދީފައެވެ.

ރާޒިޤް ބުނީ، ކުރިން ލަވަކީ ވާހަކަ އިންޓަވިއުގައި ތިބި މީހުން އެހުމުން، މިހާރު ލަވަ ނުކިޔާ ވާހަކަ ބުނިން ކަމަށެވެ. އަދި އެހެން ބުނުމުން ވަރަށް މަލާމާތުގެ ރާގަކަށް އިންޓަވިއު ކުރަން ތިބި މީހުން "ބަސްތަކެއް މޫނު މައްޗަށް ޖެހި" ކަމަށް ރާޒިގް ލިޔެފައިވެ އެވެ.

"އެކި ފަހަރު މަތިން ބުނި ލަވަ ހަރާމް ވީ ދޯ ދެން މިހާރު..ޒާތަކަށް ފުރައްސާރަ އެއް ކޮށްލި ފަހުންވެސް އެހި މިސާލަކަށް ވަޒީފާ ދީފި ނަމަ ލަވައެއް ކިޔާލަ ދެވިދާނެހޭ! އަހަރެން ބުނިން ނޫނެކޭ. އެ ބޭފުޅާ ބުނާކަހަލަ ދީންވެރިކަން ބޭނުން ނެތޭ.!" އިންޓަވިއުގައި ކަންތައް ހިނގިގޮތް ވަރަށް ކުރުކޮށް ކިޔައިދެމުން ރާޒިގް ލިޔެފައިވެއެވެ.

ރާޒިޤް ބުނީ، އޭނާ އިންޓަވިއުއިން ފެއިލް ވިކަމަށާއި، ނަމަވެސް ޤަބޫލުކުރަނީ އިންޓަވިއުއިން ފެއިލް ކޮށްލީ ކަމަށެވެ.

"އެއީ އޮފިސް ހާއްސަ ދުވަސްތަކުގައި ވެސް އެކަން ނުކުރެވޭނެ ވާހަކަ ބުނީމައެވެ.ވަޒީފާ ނުލިބުނެވެ." ލަވަ ނުކިޔާތީ ބައެއް ތަންތަނުން މީހުން ބަލައެއް ނުގަންނަ ކަމަށް ބުނަމުން ރާޒިގް ލިޔެފައިވެ އެވެ.

ލަވަ ނުކިޔާތީ ބައެއް ތަންތަނުން ބަލައި ނުގަންނަ ކަމަށް ބުނަމުން ރާޒިގް ވަނީ، މިއީ ސަރުކާރަށް ސަނާ ނުކިޔާ މީހުންނަށް އިންޓަވިއުގެ ނަމުގައި ކުރާ ޖެއްސުމެއްތޯ ބުނެ ސުވާލު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211175

ހިޔާލު

 1. ޔާރު

  ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރުގެ ވައުދު ފުންދުން އެއީ ސަރުކާރުގެ މުވައްޒަފުންގެ ޒިއްމާއެއް އެވަރުނޭގި އިންޓަވިއު އަށް ތިދެވުނީ އަދި ސަރުކާރު ކުންފުނި ތަކަކީވެސް ސަރުކާރުން ބޭނުންވާ ކައްތައް ފުއްދުމަށް އުފައްދާފައިވާ ބޮޑީ ތަކެއް ،

 2. ޢަވާމެނދުރު

  ސުކުރުކުރޭކޮންމެވެސްގޮތަކުން ﷲ ތިބާއަށްރިޒުގުދެްވާނެ އުހުރަވީހަޔާތުގާ އެމީހުންތިބެއްޖެހާނީނިކަމެތިވެފަ އެދުވަހުންބޮޑުވެފާ ލަވައަޑުަހަން ފޮނިވެފަތިބެވޭނެބާ

  4
  1
 3. މަރީނަ

  އިންޓަވިއަތަޔާރުވާންފެނޭ،ނޫނީވަޒީފާއަށް މުދިމަކަށްދާންވީ އެއްތަނުންނުވިޔާ އަނެތްތަނަކަށް،،ސަރުކާރުވަޒީފާގައި އުޅެވޭނެތިތަންކަޑައީދޯ

  1
  1
 4. ދެރަ

  އާނ، އިންޓަވިއު އަކީ ކޮރަޕްޓްވެރިން ބޭނުން މީހަކު ހޮވަން އޮންނަ ފުރުޞަތު، އަޅުގަޑަށްވެސް ވަނީ ހަމަ ތިވަރު، މޫނު ނޭޅިޔަސް، ތަންކޮޅެއް ނިވާކޮށް އުޅޭވޭތީ

 5. ޢަވާމެނދުރު

  ޢިސްލާންދީންކުރިއަރުވާވާހަކަ މިސަރިކާރިންދެއްކިޔަސް އެކަންއެގޮތަކަން.ނުކުރާނެ މަގާމުތަކަށާ ސަރިކާރުގެ ރަހުމަތްތެރިގައުމުތަކަން ބަލާލީމައެކަން ވަރައްރަގަޅަށް އެގިގެންދާނެ

 6. Nala Nala kaashidhoo

  Laadheenee sarukaareh ge hunnan jehey Hurihaa shifa eh mi sarukaaru GA eba huri

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް