ރަސްފަރި ފަރަށް އެރި ބޯޓު ފުންކޮށްފައި/ ފޮޓޯ: އެމްއެންޑީއެފް

ރަސްފަރީ ފަރަށް އެރި ބޯޓުން 10 މިލިއަން ޑޮލަރު ދައްކައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މިދިޔަ އޯގަސްޓް މަހުގެ 19 ގައި ރަސްފަރީގެ ފަރަށް އެރި "އެމް.ވީ ނެވިއޯސް އެމެރައިލިސް" ނަމަކަށް ކިޔާ އުޅަނދު ވެރިފަރާތުން، ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 10 މިލިއަން ޑޮލަރު ( 154.2 މިލިއަން ރުފިޔާ) ދެއްކުމުން، ބޯޓު ފުރުމުގެ ހުއްދަ ދީފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު ގެ ދަށުން 100,000,000.00 (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށް، ، 30 ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މި މަހުގެ 25 ވަނަ ދުވަހު ވަނީ އަންގައިފައެވެ.

އީޕީއޭގެ އެ ނިންމުން، ބޯޓުގެ ފަރާތުން ވަނީ މިނިސްޓަރު އާމިނަތު ޝައުނާއަށް އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް މިނިސްޓަރު އެ މައްސަލަ ބައްލަވައި އީޕީއޭގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތް ކަމަށް މިއަދު ވަނީ އަންގައިފައެވެ.

ރަސްފަރި ފަރަށް އެރި މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއާ އެމް.އެން.ޑީ.އެފް އާއި ގުޅިގެން އެ ސަރަޙައްދު ބަލައި ވަނީ ސަރވޭކޮށްފައެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ ބުނީ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 893,952,569.83 އަށްސަތޭކަ ނުވަދިހަ ތިން މިލިއަން ނުވަލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވައެއް ރުފިޔާ އަށްޑިހަ ތިންލާރި) ކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ  ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާ ޚަލާސްކުރުމަށް އަންގާފައިވާ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޯޓުގެ ވެރިފަރާތާއެކު އީޕީއޭ އާއި މިނިސްޓްރީ އޮފް ފިނޭންސް އަދި ޓްރާސްޕޯޓު އޮތޯރިޓީން ކުރި މަޝްވަރާތަކަށް ފަހު ޖޫރިމަނާ ފައިސާ އާއި ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަހައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭ ގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ބޯޓުގެ ވެރިފަރާތުން މިއަދު ވަނީ ޖަމާކޮށްދީފައި ކަމަށެވެ.

ރަސްފަރި ފަރަށް އެރި މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއާ އެމް.އެން.ޑީ.އެފް އާއި ގުޅިގެން އެ ސަރަޙައްދު ބަލައި ވަނީ ސަރވޭކޮށްފައެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ ބުނީ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 893,952,569.83 އަށްސަތޭކަ ނުވަދިހަ ތިން މިލިއަން ނުވަލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވައެއް ރުފިޔާ އަށްޑިހަ ތިންލާރި) ކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ  ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާ ޚަލާސްކުރުމަށް އަންގާފައިވާ ކަމަށެވެ.

ސަރުކާރާއި ބޯޓުގެ ވެރިފަރާތާއެކު އެއްބަސްވި ގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ.

 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް