ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 ގެ މި އާ ވޭރިއަންޓްގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވަނީ، ރާއްޖެއައި ފަތުރުވެރިއެއްގެ ފަރާތުން ކަމަށެވެ.

ނަމަވެސް އެ ފަތުރުވެރިއަކީ ކޮން ގައުމަކުން އައި ފަތުރުވެރިއެއް ކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ. އަދި އެ ފަތުރުވެރިއާ ރާއްޖެ އައިސްފައި ވަނީ ކޮން ދުވަހެއްގައި ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

އެންމެ ފުރަތަމަ ދެކުނު އެފްރިކާއިން ދެނެގަނެވުނު ކޮވިޑްގެ އާ ވޭރިއަންޓް މިހާރު ވަނީ ދުނިޔޭގެ 40 އެއްހާ ގައުމުން ފެނިފައެވެ. ދެކުނު އެފްރިކާގެ ސައިންޓިސްޓުން މި އާ ވޭރިއަންޓް ދެނެގަނެވުމާއެކު، މި ވާރިއަންޓާ މެދު ކަންބޮޑުވާން ޖެހޭކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފަ އެވެ. އަދި އާ ވޭރިއަންޓަށް "އޮމިކްރޯން"ގެ ނަމުން ނަން ދިނެވެ.

ސައިންޓިސްޓުން މި އާވޭރިއަންޓް ދިރާސާ ކުރަމުން އަންނަ އިރު، މި ވޭރިއަންޓަކީ ބޮޑެތި މިޔުޓޭޝަންތަކެއް އައިސްފައިވާ ވޭރިއެންޓެއް ކަމާއި އަދި ކޮވިޑް ވެކްސިން އިން މި އާވޭރިއަންޓް އިން ދިފާއުވުމަށް ކުރަނީ ކިހާ އަސަރެއް ކަމެއް އަދިވެސް ޔަޤީންކަމާއެކު ހޯދިފައެއް ނުވެއެވެ.

މި އާވޭރިއަންޓް ފެނުމާއެކު، ދުނިޔޭގެ އެތައް ގައުމުތަކަކުން ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަކޮށް، ދެކުނު އެފްރިކާގެ ގައުމުތަކަށް އެ ގައުމުތަކުގެ ބޯޑަރު ބަންދުކުރި އެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ގައުމުތަކުގެ މި ނިންމުމާއި ދެކޮޅެވެ.

މިދިޔަ ހުކުރު ދުވަހު އޮތް ނޫސްކޮންފަރެންސްގައި ޑަބްލިއުއެޗްއޯގެ ސައިންޓިސްޓް ސުމްޔާ ސްވާމިނަތަން ބުނީ، ދެކުނު އެފްރިކާއިން ފުރަތަމަ ހެދި ދިރާސާގެ ނަތީޖާއިން ފެންނަ ގޮތުގައި އެ ވޭރިއަންޓަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ އަދި "ޑޮމިނެންޓް" ވޭރިއެންޓެއް ވެދާނެ ކަމަށް ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެނެލިސްޓުން ބުނީ އެއީ އަދި ފުރިހަމަ ޑޭޓާއެއް ނޫން ކަމަށެވެ.

ސައިންޓިސްޓް ސުމްޔާ ވަނީ އާ ވޭރިއަންޓާ މެދު ކަންބޮޑުވާންވީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ މިއީ ކުރިއާ އަޅާބަލާއިރު ތަފާތު ހާލަތެއް ކަމަށާއި، ނަމަވެސް މިކަމުގައި ޕެނިކް ވުމުގެ ބަދަލުގައި އާ ވޭރިއަންޓުން ރައްކާތެރިވުމަށް ތައްޔާރުވާންވީ ކަމަށެވެ.

އޮމިކްރޯންގެ ވޭރިއަންޓް ދުނިޔެއިން ފުރަތަމަ ފެނުމާއެކު ރާއްޖެއިންވެސް ވަނީ 7 ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން ނިންމާފައިވެއެވެ. އެއީ މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ އާއި ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް