ރޮނާލްޑޯ އަދި ސާރީ - ފޮޓޯ: ގޯލް.ކޮމް

ރޮނާލްޑޯއަކީ ދުނިޔޭގައި ހުރި އެންމެ މޮޅުކުޅުންތެރިޔާ : ސާރީ

ޔުވެންޓަސްއަކީ އިޓަލީގެ އެންމެ މޮޅު ކްލަބް ކަމަށާއި އަދި ކްރިސްޓީއާނޯ ރޮނާލްޑޯއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ޔުވެންޓަސްގެ ކޯޗުކަމާއި އަލަށް ޙަވާލުވި މައުރީޒިއޯ ސާރީ ބުނެފިއެވެ.

ޔުވެންޓަސްއިން ސާރީ ރަސްމީކޮށް ދައްކާލާފައިވާއިރު، އުމުރުން 60 އަހަރުގެ ސާރީ ބުނެފައިވަނީ އެނބުރި އިޓަލީއަށް އާދެވުމުން އުފާވާކަމަށެވެ. ކުރިން އިޓަލީގެ ނަޕޯލީއަށް ކޯޗުކޮށްދިން ސާރީ ބުނިގޮތުގައި އޭނާއަކީ އެންމެ ކުޑައިރުއްސުރެ ނަޕޯލީގެ ސަޕޯޓަރެއްކަމަށާއ، އަދި އަބަދުވެސް ނަޕޯލީއަށް ކުރިއެރުމާއި ފާގިތަކަށް އެދޭކަމަށެވެ.

"ޔުވެންޓަސްއަކީ އިޓަލީގެ އެންމެ ފާހަގަކޮށްލެވޭ އެންމެ މޮޅު ޓީމު. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯއާއެކު ޔުވެންޓަސް މިވަނީ އެހެން ލެވެލްއެއްގައި" ސާރީ ބުންޏެވެ.

ސާރީ އަދި ޔުވެންޓަސްގެ ލެޖެންޑް ނެޑްވެޑް - ފޮޓޯ: ގޯލް.ކޮމް

ރޮނާލްޑޯއަށް ކޯޗުކޮށްދޭން ކެތްމަދުވެފައި ހުރިކަމަށާއި އިތުރު ހަރުފަތްތައް ގިރާކުރުމަށް އޭނާއަށް އެހީތެރިވެދޭން ހުރިކަމަށްވެސް ސާރީ ބުންޏެވެ.

ރޮނާލްޑޯ އަދި ޑިބާލާއަކީ ހުނަރުން ފުރިފައިވާ ކުޅުންތެރިންކަމަށާއި، ދަނޑުގެ ކޮންމެ ތާކަށްވެސް އެކުޅުންތެރިންނަށް ކުޅެވޭނެކަމަށް ސާރީ ބުނެފައިވެއެވެ.

އަދި ކްލަބްގެ އެންމެ ބޮޑު އުންމީދަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށާއި، ޗެމްޕިއަންސް ލީގުގައި އޭނާ ނެރޭ ނަތީޖާތަކަށް ޔުވެންޓަސްއިން ފާރަވެރިވާނެ އެނގޭކަމަށްވެސް ސާރީ ބުންޏެވެ.

"ވީހާވެސް އަވަހަކަށް ބޭނުންވަނީ ޓީމު ދަސްކޮށް މެޗުތަކުން މޮޅުވާނެ ގޮތް ހޯދުން" ސާރީ ބުންޏެވެ.

ސާރީ އިތުރަށް ބުނެފައިވަނީ އިޓަލީގެ ފެވަރިޓުންގެ ގޮތުގައި ޗެމްޕިއަންސް ލީގަށް ނުކުންނަ ޔުވެންޓަސް މެނޭޖްކުރުން ފަސޭހަނުވާނެ ކަމަށާއި އެހެންނަމަވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ކުރެވެން އޮތް ހުރިހާކަމެއް ކޮށްދޭނެކަމަށެވެ.

މިދިޔަ ސީޒަންގައި ޗެލްސީއަށް ކޯޗުކޮށްދިން ސާރީގެ އިރުޝާދުގެ ދަށުން ޗެލްސީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާއިރު، ޗެލްސީން ލީގު ނިންމާލާފައިވަނީ ތާވަލްގެ 3 ވަނާގައިއޮވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް