ސިފައިންގެ ހާއްސަ ތަމްރީންތަކެއް އަންނަ ހަފްތާގައި ފަށަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަންނަ ހަފްތާގައި "އެކްސަސައިޒް ރަންނަމާރި ހަންޓް-2019" ގެ ނަމުގައި ހާއްސަ އަސްކަރީ ތަމްރީންތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ކޮންމެ އަހަރަކުވެސް އެމްއެންޑީއެފް އިން ކުރިއަށް ގެންދާ މި ތަމްރީންތައް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ، މި ހިނގާ ޖޫން މަހުގެ 23 އިން 27 އަށެވެ.

މި ތަމްރީންތައް ކުރިއަށް ދާނެކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެނީ މާލޭ އޭރިއާއިން މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި، ކ. ތިލަފުށި ސަރަޙައްދުގައެވެ. އަދި ނޮދަން އޭރިއާއިން ޅ. އަދި ރ. އަތޮޅުގައެވެ.

އެމްއެންޑީއެފް އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އެންމެ ބޮޑު އަސްކަރީ ތަމްރީން ފެށުމަށް ތައްޔާރުވެފައި ވާއިރު ފާއިތުވެ ދިޔަ ދެމަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެންވަނީ ހާއްސަ ތަމްރީންތަކެއް މާލެ އާއި އަދި ކަނޑުމަތީގައި ކުރިއަށް ގެންގޮސްފައިކަން ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް