އަޅުގަނޑު ބުނިގޮތަށް ކަންތައް ނުކުރި ރައީސަކީ ޔާމިން - އަބްދުﷲ ސައީދު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި ގޮތަށް ކަންތައް ނުކުރި ރައީސަކީ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ކަމަށް ލީކުވި އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅު ވެއްޖެއެވެ.

ލީކްވެފައިވާ އޯޑިއޯގައި އޭނާ ވިދާޅުވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ވަހީދު އޭނާ ވިދާޅުވި ގޮތް ހެއްދެވި ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް "މުޅިއަކުން އަޅުގަނޑު ބުނި ގޮތް ނުހަދަނީއެއް ނޫން" ކަމަށެވެ. ޔާމިންގެ ވެރިކަން ވެއްޓުނީ އަބްދުﷲ ސައީދު ވިދާޅުވިގޮތް ނުހެއްދެވީމައި ކަމަށެވެ.

"ކަންތައް އަޅުގަނޑުމެން ބުނާ ގޮތައް ކުރީމަ ވާނީ. މައުމޫން ވެސް ކުރި އިރު ކުރާނެ. ވަހީދު ވެސް ކުރޭ. ނަޝީދު ވެސް ނުކުރެއެކޭ ނޫން މުޅިއަކުން. އަޅުގަނޑު ބުނާ ގޮތް ހެދު ނަމަ ޔާމީން ސަލާމަތްވާނެ." ލީކުވި އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވެއެވެ.

އަބްދުﷲ ސައީދު އޯޑިއޯގައި ވިދާޅުވަނީ "ޔާމީން އުޅުނީ އޭނާ އަށް ވުރެ ގަދަ މީހަކު ނެތިގެން" ކަމަށެވެ.

އޯޑިއޯގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އަމަލުކުރެއްވި ގޮތުން ޔާމީނުގެ ވެރިކަން ނިމުނު އިރު އެމަނިކުފާނު އެ ހުންނެވީ މުޖުރިމަކަށް ވެވަޑައިގެންފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް