ޕެންޝަން ފަންޑުން ޙައްޖަށް ދާން އެދޭ ފަރާތްތަކަށް އަންނަ ހަފްތާގައި ފުރުޞަތު ހުޅުވާލަނީ

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ފައިސާ ޚަރަދުކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާގައި އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު, ހައްޖުގެ އަޅުކަމަށް ދާން ބޭނުންވާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރުމާއި ގުޅޭ އެއްބަސްވުމެއްގައި، ހައްޖު ކޯޕަރޭޝަނާއި ޕެންޝަން އޮފީހާ ދެމެދުވަނީ ސޮއިކޮށްފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން އޮފީހާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަރުޟު ޙައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެފައިސާ އެ ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުން ކަމަށެވެ. އަދި މިކަމަށް އެދުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ފަރުޟު ޙައްޖު އަދާމުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެފަރާތެއްގެ ޙައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، ހައްޖުގެ އަގުގެ 50 ޕަސެންޓް ފައިސާ އެ ކޯޕަރޭޝަނަށް ދެއްކެވުމުން، އެފަރާތަކަށް ހައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް